ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 12:21
ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސް ތެރެއިން
ހައުސިންގ މިނިސްޓްރީން ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސް ތެރެއިން
ހައުސިންގް މިނިސްޓްރީ
ބޯހިޔާވަހިކަމުގެ ސިޔާސަތު
އެއް ކޮޓަރީގެ ފްލެޓާމެދު ސަރުކާރުގެ ސިޔާސަތު ތަފާތު
 
އަލަތު ކައިވެނި ކެޓެގަރީގެ ދާއިމީ ލިސްޓްގައި ތިބި މީހުން މަގުމަތި ވެގެން ނުވާނެ
 
ސަރުކާރު ބަދަލުވިޔަސް ރައްޔިތުންނަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ބަދަލު އައިސްގެން ނުވާނެ ކަމަށް މޭޔަރު ދެކޭ
 
އެއްކޮޓަރީގެ ފްލެޓްތައް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން

އެއް ކޮޓަރީގެ ފްލެޓަކީ މި ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގއަށް ކަމުދާ ކެޓެގަަރީއެއް ނޫން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރާއެކު ބޭއްވެވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓްތައް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކޮންމެ މީހަކީ ވެސް އާއިލާއެއް ބިނާ ކުރާނެ މީހެއް ކަމަށާއި، އެއް ކޮޓަރިއަކީ ސޯޝަލް ހައުސިންގ ތެރޭގައި ގެންގުޅެން ރަނގަޅު މޮޑެލެއް ނޫން ކަމަށެވެ.

އެއް ކޮޓަރީގައި ސިންގަލް މީހަކަށް އުޅެވިދާނެ. އާއްމުކޮށް މީހަކު ސިންގަލްކޮށް މާ ގިނަ ދުވަހަކު ނުހުންނާނެ. އާއިލާއެއް ބިނާ ކުރާނެ. އެއީ ސަރުކާރުގެ، ޚާއްސަކޮށް ސޯޝަލް ހައުސިންގއަށް ކަމުދާ އެެއްޗެއް ނޫނޭ ސަރުކާރުގެ ވިސްނުމަކީ. ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލެއް އެއީ ސަރުކާރުން ދެން ހިންގާ ސޯޝަލް ހައުސިންގ ގައި 1 ކޮޓަރީގެ ތަންތަން ނުހިމަނަން.
މުހައްމަދު އަސްލަމް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ

އެހެންނަމަވެސް ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ޚިޔާލު މިއާ ވަރަށް ތަފާތެވެ. މުއިއްޒު ވިދާޅުވީ، އެއްކޮޓަރީގެ ފްލެޓް ޒުވާނުންނަށް މުހިއްމު ކަމަށެވެ. އަދި ސަރުކާރު ބަދަލުވިޔަސް ރައްޔިތުންނަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ބަދަލު އައިސްގެން ނުވާނެ ކަމަށެވެ. އަލަތު ކައިވެނި ކެޓެގަރީގެ ޕްލެޓްތައް ކުޑަވެގެން އެ ކެޓަގަރީ އުވާލިއިރު ދާއިމީ ލިސްޓުގައި ނަން އޮތް މީހުންނަށް ރަނގަޅު ބަދަލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސަރުކާރު ބަދަލު ވިޔަސް ރައްޔިތުންނަށް ކަނޑައަޅާފައި އޮތް ސިޔާސަތެއް ބަދަލުކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން. ބަދަލު ކުރާނަމަ އެކަމުގައި ރައްޔތުންގެ އަތުން ގެއްލިގެންދާ އެއްޗަކަށް ރިއާޔަތްކޮށް ބަދަލު ދޭންވާނެ. އެއް ކޮޓަރިއަކި އެކަށީގެންވާ ސައިޒެއް ނޫން ކަމަށްވާނަމަ އަލަތު ކައިވެނި ކެޓެގަރީގައި ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކަށް އެހެން އޮޕްޝަނެއް ދޭން ޖެހޭނެ ކަަމަށް ގަބޫލުކުރަނީ.
ޑރ މުހައްމަދު މުއިއްޒު، މާލެ ސިޓީ މޭޔަރ

އަލަތު ކައިވެނި ކެޓެގަރީގެ ދާއިމީ ލިސްޓުގައި ހިމެނުނު ފަރާތްތަކަށް ރަނގަޅު ގޮތެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ ފަރާތްތައް މަގުމަތި ވެގެންދާނެ ކަމަކަށް ގަބޫލް ނުކުރައްވާކަމަށް ވިދާޅުވިއެވެ.

ހިޔާ ފްލެޓް މަޝްރޫއުގެ ކެޓެގަރީތަކުގެ ތެރޭގައި ހިމެނޭ އަލަތު ކައިވެނި ކެޓަގަރީ މި ސަރުކާރުން ވަނީ އުވާލާފައެެވެ. މިސަރުކާރުގެ ބޯހިޔާވަހިކަމުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާރޓްމެންޓް ތަކެވެ.

ކޮމެންޓް
17 ޖޫން 2021 | ބުރާސްފަތި 20:45
އަހްމަދު
އެއްމެ ކުޑަ ވެގެން ހުންނަން ވާނެ 3 ކޮޓަރި.
ގުޅުންހުރި