ކ. މާލެ
|
16 ޖޫން 2021 | ބުދަ 23:14
ފްރަންޓްލައިންގައި މަސައްކަތްކުރާ އާރުކާޓީންތަކެއް
ފްރަންޓްލައިންގައި މަސައްކަތްކުރާ އާރުކާޓީންތަކެއް
ހެލްތު މިނިސްޓްރީ
ކޮވިޑް 19، ރާއްޖޭގެ ހާލަތު
ބުދަ ދުވަހުވެސް އަތޮޅުތެރޭގެ ކޭސްތައް ގިނަ
ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 71،138ށް އަރާފައި
އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 7،747ށް ތިރިވެފައި

އަތޮޅުތެރޭން 143 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބުދަ ދުވަހު ޖުމްލަ 241 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން ޕޮޒިޓިވްވި 143 މީހަކު ހިމެނޭއިރު، މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 90 މީހުންނެވެ. އަދި ރިސޯޓުތަކުން 6 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ތަރައްގީ ކުރަމުންދާ ރަށްތަކުން 2 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 71،138ށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،747 އެވެ. އޭގެތެރެއިން 67 މީހަކަށް ފަރުވާދެމުން ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ރަނގަޅުވެފައިވަނީ 63,180 މީހުންނެވެ.

ރާއްޖޭއިން ފެންނަމުންދާ ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވުމަށް ފަހު، ޖޫން މަސް ފެށުނު ފަހުން މަޑުމަޑުން ކޭސްތަކުގެ އަދަދު އަންނަނީ މަދުވަމުންނެވެ. ކޭސްތައް މަދުވުމާއެކު, މެއި މަހުގެ ތެރޭގައި ސަރުކާރުން މާލެތޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ.


Advertisement
- ކޮމެންޓް