ކ. މާލެ
|
16 ޖޫން 2021 | ބުދަ 08:25
ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 314،194ށް އަރާފައިވޭ
ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 314،194ށް އަރާފައިވޭ
ރާއްޖެއެމްވީ
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިންޖެހުން
ރާއްޖެއިން ހޯމަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 777 މީހުން
 
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ޑޯޒު ޖެހީ 135 މީހުން
 
ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ ޖުމްލަ 179،436 މީހުން

ރާއްޖެއިން ހޯމަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 777 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފުރަތަމަ ޑޯޒު ޖެހީ 135 މީހުންނެވެ. އެއީ މާލެއިން ވެކްސިން ޖެހި 37 މީހުންނާއި އަތޮޅުތެރެއިން 98 މީހުންނެވެ. މީގެ އިތުރަށް ހޯމަދުވަހު ދެވަނަ ޑޯޒު ޖެހީ 777 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 193 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 584 މީހުންނެވެ.

މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު 314،194ށް އަރާފައިވާއިރު، ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 179،436 މީހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، އެސްޓްރަޒެނިކާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ލައްކަ ޑޯޒް މި މަހުގެ ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް ފައިސާ ދައްކާފައެވެ.

މީގެއިތުރުން އެމެރިކާ އާއި ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް