ކ. މާލެ
|
14 ޖޫން 2021 | ހޯމަ 23:32
ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
ގިރިފުށީ ބަނދަރު ތަރައްގީކުރުން
ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއަށް
 
މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 145 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
 
މި މަޝްރޫއަށް 18.35 މިލިއަން ރުފިޔާ ޚަރަދުކުރޭ
 
މި މަޝްރޫއުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ

ކ. ގިރިފުށީ ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި 18.35 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 145 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިކް އޮފިސަރު އާދަމް ޢާޒިމް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ ސަރވިސް ކޯގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް