ކ. މާލެ
|
13 ޖޫން 2021 | އާދީއްތަ 13:49
އެރިކްސަންއަށް ފަރުވާދިން ވަގުތު ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ އޭނާގެ ކައިރީގައި
އެރިކްސަންއަށް ފަރުވާދިން ވަގުތު ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ އޭނާގެ ކައިރީގައި
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - އެރިކްސަންގެ ފުރާނަ ސަލާމަތްކުރުމުގައި ކެޕްޓަން ކިއާގެ ދައުރު ބޮޑު
 
ކިއާގެ ފަރާތުން ފެނިގެންދިޔައީ ލާމަސީލު ނަމޫނާއެއް
 
ކިއާ ވަނީ އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައި

ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ހޮނިހިރު ދުވަހުގެރޭ ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭނާގެ ފުރާނަ ސަލާމަތްކުރަން އެ ޓީމުގެ ކެޕްޓަން ސިމޮން ކިއާ ކުރި މަސައްކަތަށް ތައުރީފު ހައްގެވެ.

ރެފުރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓާލައި ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުގެ ކުރިން ކިއާ ވަނީ އެރިކްސަންއަށް ދަނޑުމަތީގައި ފަސްޓް އެއިޑް ދީފައެވެ. އެގޮތުން ދަނޑުމަތީ އެރިކްސަންއަށް އެންމެ ފުރަތަމަ ސީޕީއާރް ދިނީ ކިއާއެވެ. ސިއްހީ އޮފިޝަލުން ދަނޑަށް އެރުމާއެކު ޑެންމާކު ކުޅުންތެރިންނަށް ކިއާ ދިން އެންމެ ފުރަތަމަ އިރުޝާދަކީ އެރިކްސަންއަށް ފަރުވާ ދެމުން އަންނަ ވަގުތު "ހިއުމަން ވޯލް" އެއް އޭނާ ވަށާލައިގެން އެޅުމަށެވެ. އެއާއެކު ޑެންމާކުގެ ކުޅުންތެރިން އޭނާގެ އިރުޝާދަށް ތަބާވެ ހިއުމަން ވޯލްއެއް އެރިކްސަންގެ ވަށާ އެޅިއެވެ.

ފުރަތަމަ އެހީ ދިނުމަށްފަހު ކިއާ އެންމެ އިސްކަމެއް ދިނީ އެރިކްސަންގެ އަނބިމީހާ ދަނޑުމަތީ ރޯން ހުރުމުން، އޭނާ ކައިރިއަށް ދިޔުމަށެވެ. އަދި ގޮސް އެރިކްސަންގެ އަނބިމީހާ ހަމައަކަށް އެޅުވުމުވެ. ކިއާގެ މިއަމަލުތަކަށް އެތަށް ބަޔަކު ތައުރީފު ކުރަމުން އަންނައިރު، ކިއާއަކީ އެރިކްސަންގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ އިސްދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ޔުއެފާއިންވެސް ވަނީ އެރިކްސަންގެ ފުރާނަ ސަލާމަތްކުރުމަށް ކިއާ ކުރި މަސައްކަތް ފާހަގަކޮށްފައެވެ. އެގޮތުން ޔުއެފާއިން ބުނީ ކިއާގެ ފަރާތުން ފެނިގެންދިޔައީ ކެޕްޓަނެއްގެ ފަރާތުން ފެންނަންޖެހޭ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

މެޗުގެ 43 ވަނަ މިނެޓުގައި އެރިކްސަން ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާއެކު މެޗުގެ ކުޅުން މެދުކަނޑާލިއިރު، މެދު އަލުން ފަށާފައިވަނީ ގަޑިއިރެއްހާއިރު ފަހުންނެވެ. އޭރު އެރިކްސަން ވަނީ ހޭއަރާފައެވެ. އެރިކްސަންގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނާއިރު، އެރިކްސަންއާއެލި ފުޓުބޯޅަ ކުޅުންތެރިންނާއި ސަޕޯޓަރުން ތިބިކަން އަންނަނީ ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ. އޭގެ ތެރޭގައި ޕޯޗުގަލުގެ ކެޕްޓަން އަދި ޔޫރޯގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގިނަ ގައުމުތަކުގެ އިތުރުން ޔޫރަޕުގެ ވަރުގަދަ ފުޓްބޯޅަ ކުލަބުތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
7%
93%
0%
0%
0%
0%
ކޮމެންޓް
13 ޖޫން 2021 | އާދީއްތަ 23:56
ށއއw9
އެތަށް ބަޔަކު...ކޮން އެތެއްބާ؟؟
13 ޖޫން 2021 | އާދީއްތަ 13:57
ގަސް
ބެސްޓް ކެޕްޓަން