ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 23:01
ވީޑިއޯގައި ފެންނަނީ މީހަކު ތަޅުދަނޑި ތަކަކުން ފިހާރަ ހުޅުވުމަށްފަހު ފިހާރައިގައި އެވަގުތު ހުރި ހުރިހައި ފައިސާ ނަގާ މަންޒަރު
ވީޑިއޯގައި ފެންނަނީ މީހަކު ތަޅުދަނޑި ތަކަކުން ފިހާރަ ހުޅުވުމަށްފަހު ފިހާރައިގައި އެވަގުތު ހުރި ހުރިހައި ފައިސާ ނަގާ މަންޒަރު
މާލޭގެ ފިހާރައަކުން ވައްކަން ކުރުން
މާލޭގެ ފިހާރައަކުން 35،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި
މިކަން ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 05:24 ހާއިރު
ފިހާރައިގައި އޮތް އަގުބޮޑެއް ފޯނެއްވެސް އޭނާ ވަގަށް ނަގާފައިވޭ

މއ. ޖޯޝީހިނގުމުގައި ހުންނަ 'އޯކޭ ކިޑްސް 1' ފިހާރައިން 35،000ށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ ފިހާރަތައް ހިންގާ މުޙައްމަދު ރިޒާ ބުނީ 'އޯކޭ ކިޑްސް"ގެ ހަތަރު ފިހާރަ ހުންނަ ކަމަށާއި މާލެ ސަރަހައްދުގައި ތިން ފިހާރަ އަދި އަތޮޅުތެރޭގައި އެއް ފިހާރަ ހުންނައިރު، ވައްކަން ކޮށްފައިވަނީ މާލޭގެ މައްޗަންގޯޅީގައި ހުންނަ ފިހާރައިން ކަމަށެވެ.

ރިޒާ ބުނީ ހޮނިހިރު ދުވަހުގެ ފަތިހު 05:24 މި ހާދިސާ ހިނގިކަން އެނގުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގައި ފައިސާ މާރު ކުރަންވެގެން ކޭޝް ކައުންޓަރު ބަލާލުމުން ކަމަށެވެ. ރިޒާ ވަނީ އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ރާއްޖެއެމްވީއާއި ހިއްސާ ކޮށްފައެވެ.

މި ވީޑިއޯގައި ފެންނަނީ މީހަކު ތަޅުދަނޑިތަކަކުން ފިހާރަ ހުޅުވުމަށްފަހު ފިހާރައިގައި އެވަގުތު ހުރި ހުރިހާ ފައިސާ ނަގާ މަންޒަރެވެ. އިތުރަށް ވާހަކަ ދައްކަމުން ރިޒާ ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި ފައިސާގެ އިތުރުން ފިހާރައިގައި އޮތް އަގުބޮޑެއް ފޯނެއް ވެސް އޭނާ ވަގަށް ނަގާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުންނަށް ހުށައެޅުމާއެކު ވަގުތުން އެ މީހާގެ ވަނަވަރު ފުލުހުން ހާމަ ކުރި ކަމަށާއި ވައްކަން ކުރި މީހާއަކީ މިފަދަ އެތައް މައްސަލައެއްގައި މީގެ ކުރިން ވެސް ހައްޔަރުކުރި މީހެއް ކަމަށެވެ.

ރިޒާ ބުނީ ފުލުހުން ހާމަކުރި މައުލޫމާތައް ބަލާއިރު އެންމެ ފަހުން އޭނާ ދޫކޮށްލާފައިވަނީ މި ހިނގާ ޖޫން މަހުގެ 6ވަނަ ދުވަހު ކަމަށާއި މިހާރު ވެސް އޭނާގެ 109 ކުށުގެ ރިކޯޑް އެބައޮތް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ރިޒާ ބުނީ މިއީ ހައްލެއް ނުލިބިފައި އޮތް ބޮޑު މައްސަލައެއް ކަމަށާއި މީގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުން އަންނަ ކަމަށެވެ.

- ކޮމެންޓް
14 ޖޫން 2021 | ހޯމަ 18:54
ޠުން
ތިތަނުގަ އުޅޭ ބޭރުމީހުނަށް ކީސް ދޭތީ ވާގޮތްތީ، އެންމެ އަވަހަށް ޑަބަލްކީ ހަދާލާފަ ތިބޭނީ