ކ. މާލެ
|
12 ޖޫން 2021 | ހޮނިހިރު 09:08
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ
ހަމަލައާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ
 
މި އޮޕަރޭޝަނަކީ ޓެރަރިޒަމްގެ ހަމަލައާއި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެެއް
 
މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސް ގުޅިގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގެންދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުނެވެ. މާލެއާއި މާފުށީ ޖަލުގައި ކުރިއަށްގެންދާ ޚާއްސަ މި އޮޕަރޭޝަނަކީ، ފުލުހުންނާއި ސިފައިން ހިންގަމުންދާ އެހެނިހެން އޮޕަރޭޝަންތަކާ ގުޅިގެން، ކުރިއަށް ގެންދެވޭ އޮޕަރޭޝަނެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތުދެއެވެ.

ހޮނިހިރު ދުވަހު މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސް ގުޅިގެންނެވެ.

މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު މިހާރު ކުރިއަށްގެންދާ ތަހުގީގަށް އެކި ގޮތްގޮތުން މައުލޫމާތު ހާމަކޮށްފައިވާ 150ށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އާންމު ފަރާތްތަކުން ލިބުނު މައުލޫމާތާއި ފުލުހުންގެ ތެރެއިން ލިބުނު މައުލޫމާތުގެ މައްޗަށް މިހާތަނަށް ޖުމްލަ 25ށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ސީދާ އެ މައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަރުކަށި ފިކުރު ފަތުރާ އަދި ރާވައި ހިންގާކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ގެއްލުނު ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 4519 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދު ބަލައިފި، އަދިވެސް ނުފެނޭ
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ގެއްލިގެން ހޯދާ ދޯނި އަދިވެސް ނުފެނޭ، އެ ދޯނި ހޯދަން ވައިގެ މަގުން ބޭނުންކުރަނީ މޯލްޑިވިއަންގެ ބޯޓެއް: އެމްއެންޑީއެފް
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި