Advertisement
ކ. މާލެ
|
9 ޖޫން 2021 | ބުދަ 11:36
ސެލްފް ކަލެކްޝަން ސްޓޭޝަނުން މީހަކު ޚިދުމަތް ހޯދަނީ
ސެލްފް ކަލެކްޝަން ސްޓޭޝަނުން މީހަކު ޚިދުމަތް ހޯދަނީ
ޓްރާންސްޕޯޓް މިނިސްޓްރީ
ސެލްފް ކަލެކްޝަން ސްޓޭޝަން
ލައިސަންސް ކާޑާއި، ރަޖިސްޓްރީ ދެން ދޫކުރާނީ ސެލްފް ކަލެކްޝަން ސްޓޭޝަނުން
ލައިސަންސް ތައްޔާރުވުމުން މެސެޖުން އަންގާނެ
އަލަށް ލައިސަންސަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލަފައި

ލައިސަންސް ކާޑާއި، އުޅަނދުތަކުގެ ރަޖިސްޓްރީތައް ދޫކުރުމަށް ސެލްފް ކަލެކްޝަން ސްޓޭޝަނެއް ބަހައްޓައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތާއެކު ކިއުގައި ނުޖެހި ލައިސަންސް ކާޑާއި، ރަޖިސްޓްރީ ލިބޭނެއެވެ. މި ސެންޓަރު ހުންނާނީ ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ މ. ޗަނބޭލީވިލާ (މާފަންނު ސްޓަރސިނަމާ އިމާރާތް)ގެ 2 ވަނަ ފަންގިފިލާފައެވެ.

Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ދޫކުރުމަށް ޤާއިމުކުރި ސެލްފް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި، އަވަސް އަދި ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކައި ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތައް މެސެޖަކުން އަންގާނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ، އަލަށް ލައިސަންސަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓާލަފައެވެ. އެހެންނަމަވެސް ލައިސަންސް އާކުރުމާއި އެ އޮތޯރިޓީން ދެމުން އަންނަ އެހެނިހެން ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެެ. އަލަށް ލައިސަންސަށް އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލީ، މައި މަހުގެ 5 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
9 ޖޫން 2021 | ބުދަ 21:23
ސަޢީދު މުހައްމަދު / ފިނިފެންމާގެ
މިފެށިހިދުމަތުން ލިބެނީކޮންލައިސަންސެއްތޯ އަލަށްލައިސަންސްނެގުންވަނީ މެދުކަޑާލަފަކަމަށްވަނީ ދެން ކާޑުއާކުރުން އޮންލައިންކޮން. ކިހިނެއްތޯމިވަނީ ؟؟؟