Advertisement
ކ. މާލެ
|
8 ޖޫން 2021 | އަންގާރަ 20:58
241 ކޮމިޓީގެ އިންކުއަރީގައި ފުލުހުންނާ ސިފައިންނާ ސުވާލް ކުރުން
241 ކޮމިޓީގެ އިންކުއަރީގައި ފުލުހުންނާ ސިފައިންނާ ސުވާލް ކުރުން
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީގެ އިންކުއަރީ
އިންކުއަރީގައި އަންގާރަ ދުވަހު ސުވާލުކުރީ 4 މީހަކާ
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒްވެސް ވަޑައިގެންނެވި
ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކުރާނެ
އިންކުއަރީގައި ސުވާލުކުރަން ފަށާފައިވަނީ މި މަހުގެ 5ވަނަ ދުވަހު

މެއި 6ވަނަ ދުވަހުގެ ހާދިސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިރިޓީ ބްރީޗްވިގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށް ފުލުހުންނާ ސިފައިންގެ އެކި ލެވެލްގެ މީހުން ހާޒިރުކޮށްފިއެވެ.

Advertisement

އަންގާރަ ދުވަހު އިންކުއަރީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ 4 ފަރާތަކާއެވެ. މި އިންކުއަރީއަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒްވެސް ވަނީ ވަޑައިގެން ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. އެއަށްފަހު ފުލުހުންނާ ސިފައިންގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެެވެ.

ސިފައިންގެ 29 މީހަކާއި، ފުލުހުންގެ 7 މީހަކު ކޮމިޓީއަށް ހާޒިރުވާން ލިސްޓް ކުރެވިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ބޭނުންވާ މައުލޫމާތު ހާޒިރުކުރާ މީހުންގެ ފަރާތުން ލިބޭ މިންވަރަށް ބަލާ ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް މިހާތަނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފްއާއި، މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމްގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު ވެސް ވަނީ ކޮމިޓީއަށް ވަޑައިގަންނަވާފައެވެ.

ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށްދަނީ މީޑިޔާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. މި އިންކުއަރީއަށް ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަސްލަމް ވިދާޅުވެފައި ވަނީ ލިޔެކިޔުމުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭ ބައެއް ބޭފުޅުން ކޮމިޓީއަަށް ހާޒިރުވުމަށް އަންގަވާނެ ކަމަށެވެ.

އިންކުއަރީގައި އެކި ފަރާތްތަކާ ސުވާލުކުރުމަށް ފަށާފައިވަނީ މެއި މަހުގެ 5 ވަނަދުވަހުއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް