Advertisement
ކ. މާލެ
|
8 ޖޫން 2021 | އަންގާރަ 08:08
ހުޅުމާލެ މެޑިކަލް ފެސިލިޓީ،
ހުޅުމާލެ މެޑިކަލް ފެސިލިޓީ،
ރާއްޖެއެމްވީ
ކޮވިޑް 19 ގައި މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިިޔާވެ، ޖުމްލަ 188ށް
ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެއް
އެއީ 75 އަހަރުގެ ފިރިހެނެއް
މިއީ ކޮވިޑް ބަލީގައި ހޯމަ ދުވަހު ނިޔާވި ތިން ވަނަ މީހާ

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. 75 އަހަރުގެ މި ފިރިހެން މިހާ ނިޔާވެފައިވަނީ ހޯމަ ދުވަހުގެ ރޭ 8:40 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 188ށް އަރާފައެވެ.

މިއީ ކޮވިޑް ބަލީގައި ހޯމަ ދުވަހު ނިޔާވި ތިން ވަނަ މީހާއެވެ.

ހޯމަ ދުވަހު އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވެފައިވަނީ ހޯމަވިލޭރޭ މެންދަމު 12:18ގައެވެ. އަދި ދެވަނައަށް ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ނިޔާވީ ހޯމަ ދުވަހުގެ ހެނދުނު 9:33 ހާއިރުއެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި އެއް ދުވަހެއްގެ ތެރޭގައި، އެންމެ ގިނަ މީހުން ނިޔާވެފައިވަނީ، މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވިއެވެ. އަދި މެއި މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަސް ވެސް މެއެވެ. ހަމައެކަނި މެއި މަހު ކޮވިޑް ބަލީގައި 88 މީހުން ވަނީ ނިޔާވެފައެވެ.

ހޯމަ ދުވަހުގެ ތިންވަނަ މަރާއެކު ޖޫންމަހުގެ ތެރޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 27ށް އަރާފައެވެ.

ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ރޭޓް މަތިވެފައިވާއިރު، ކޭސްތައް ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް