ފުވައްމުލަކުގައި ބިދޭސީން މަސައްކަތަށް ނުކުތުން, ފުވައްމުލަކު ސިޓީ ކައުންސިލުން މަަނާ ކޮށްފިއެެވެ.
ކައުންސިލުން ބުނީ ފުވައްމުލަކުގެ ކޮވިޑް ބަލީގެ ހާލަތު ގޯސްވަމުން އަންނާތީ އަޅާ ރައްކާ ތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިދޭސީން އެއްވެސް މަސައްކަތަަކަށް ނުކުތުން މަނާ ކޮށްފައިވާ ކަމަށެވެ.
އެ ރަށުން ފެންނަ ކޭސްތަކުގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އެހެންކަމުން މަސައްކަތަށް ނުކުތުން މަނާ ކޮށްފައިވަނީ ޖޫން 14ގެ ނިޔަލަށެވެ. ހާލަތަށް ބަލައި އިތުރު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ.
ހޮނިިހިރުދުވަހު 25 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އެކްޓިވް 204 ކޭހެއް އޮތް އިރު، އޭގެތެރޭގައި ހިމެނެނީ 83 ބިދޭސީންނާއި، 121 ދިވެހިންނެވެ.
މިހާލަތުގައި އަޅާފައިވާ ފިޔަވަޅުތައް
* ހަވީރު 4:00ން ފެށިގެން ފަތިހު 4:00ށް ކާފިއު
* ޕާޓީތަކާ ރަސްމިއްޔާތުތައް ބޭއްވުން މަނާ
* އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާ
* އެއް އަވަށުން އަނެއް އަވަށަށް ދިޔުން މަނާ
* ތިން މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްވެ އުޅުން މަނާ
* ސެލޫން، ޖިމް އަދި ކުޅިވަރު ހަރަކާތްތައް ހިންގުން މަނާ
* ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި
* ފިހާރަތަކާއި ރެސްޓޯރަންތްތައް ބަންދު
އެހެން ނަމަވެސް ފިހާރަތަކުން 18:00ށް، އަދި ރެސްޓޯރެންޓްކާއި ކެފޭތަކުން ރޭގަނޑު 12:00ށް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.