ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 10:24
ވޭލްސް އާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ވޭލްސް އާއި އަލްބޭނިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ގެޓީ އިމޭޖަސް
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު
ވޭލްސް އާއި އަލްބޭނިއާ އެއްވަރު
 
ވޭލްސް އާއި އަލްބޭނިއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުން
 
މި މެޗު ބަލަން 6،500 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައި

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހޮނިހުރު ދުވަހުގެރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ވޭލްސް އާއި އަލްބޭނިއާ އެއްވަރުވެއްޖެއެވެ.

ވޭލްސްގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ވޭލްސްގެ ކާޑިފް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މެޗު ބަލަން 6،500 ސަޕޯޓަރުން ވަނީ ވައްދާފައެވެ. މިއީ މިދިޔަ 18 މަސް ދުވަހުގެ ތެރޭ ވޭލްސްގެ މެޗެއް ބަލަން ސަޕޯޓަރުން ދަނޑަށް ވަން ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ވޭލްސްއިން ސަޕޯޓަރުންގެ ކުރިމަތީގައި މެޗެއް ކުޅެފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ ޔޫރޯ ކޮލިފިކޭޝަނުގައި ހަންގޭރީ އަތުން 2-0 ގެ ނަތީޖާއަކުން ވޭލްސް މޮޅުވި މެޗެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ވޭލްސް އާއި އަލްބޭނިއާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އަލްބޭނިއާގެ ރޭ މަނާޖަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ދެވަނަ ހާފުގައި ވޭލްސްގެ ނެކޯ ވިލިއަމްސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ އަލްބޭނިއާގެ ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ވޭލްސް އެއްވަރުވިއިރު، މި ފަހަރުގެ ޔޫރޯގައި ވޭލްސް ހިމެނެނީ ގްރޫޕް އޭ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ އިޓަލީ، ސްވިޓްޒަލެންޑް އަދި ތުރުކީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް