ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 07:17
ހއ. ދިއްދޫ
ހއ. ދިއްދޫ
ފޭސްބުކް
ކޮވިޑް-19
ހއ. ދިއްދޫ އެއް މަހަށް ފަހު މޮނިޓަރިންއިން ނަގައިފި
މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 74 ރަށް މޮނީޓަރިންގައި އޮތް
ދިއްދޫ މޮނިޓަރިން އިން ނަގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު
އެ ރަށް މޮނިޓަރިން އަށް ލީ އެރަށުން ކޮވިޑް-19 ކޭސްއެއް ފެނުމާ ގުޅިގެން

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫ މޮނިޓަރިންއަށް ލާފައި އޮތްތާ އެއް މަހަށް ފަހު މޮނިޓަރިން އިން ނަގައިފިއެވެ.

ހއ. ދިއްދޫ މޮނިޓަރިންއަށް ލީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އެ ރަށް މޮނިޓަރިން އަށް ލީ އެރަށުން ކޮވިޑް-19 ކޭސްއެއް ފެނުމާ ގުޅިގެންނެވެ. ރަށް މޮނިޓަރިން އިން ނަގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. ދިއްދޫ މޮނިޓަރިންގައި އޮތް އިރު އެރަށުގައި ކާފިއު ވެސް އިއުލާންކޮށްފައިވެއެވެ. އެގޮތުން މެއި 16 ވަނަ ދުވަހުން ފެށިގެން ދިއްދޫގައި ރޭގަނޑު 09:00 ފެށިގެން ފަތިހު 04:00ށް އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވެއެވެ.

އަދި އެރަށުގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު މާލޭގެ އިތުރުން އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދުތައް ވެސް ވަނީ އިންތިހާއަށް ގިނަވެފައެވެ. އެގޮތުން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 74 ރަށް މޮނީޓަރިންގައި އޮތް އިރު އަތޮޅުތެރެއިން ކޮންމެ ދުވަހަކު ވެސް 100ށް ވުރެ ގިނަ ކޭސްތައް އަންނަނީ ރިޕޯޓުކުރަމުންނެވެ. އަދި ކޮންމެ ރަށަކުން ވެސް ގިނަ ކޭސްތަކެއް ރިޕޯޓުކުރެއެވެ.

މީގެ ސަބަބުން އަތޮޅުތެރޭގެ ބައެއް ހިސާބުތަކުގައި ވެސް މާލެއެކޭ އެއްގޮތަށް ކާފިއު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތައް ވެސް އަޅާފައިވެއެވެ.


Advertisement
- ކޮމެންޓް