ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 00:22
ކައިޓް ސާފިންގގައި ތަފާތު ދައްކަމުން އަންނަ ހަސަން މާހިރު (ހަންޓޭ)
ކައިޓް ސާފިންގގައި ތަފާތު ދައްކަމުން އަންނަ ހަސަން މާހިރު (ހަންޓޭ)
ރާއްޖެއެމްވީ
ހަސަން މާހިރު (ހަންޓޭ)
ހަންޓޭ މިހާރު ގޮއިދޫ ބަލާލަނީ 169 މީޓަރު މަތިން
 
ދުނިޔޭގެ ރެކޯޑެއް ހެދޭތޯ މަސައްކަތް ކުރޭ
 
އުންމީދަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރުން
 
ކައިޓް ސާފް ކުރަން ދަސްކުރީ އުމުރުން 13 އަހަރުގައި

ބ. އަތޮޅު ގޮއިދޫއަކީ ކުޅިވަރަށް މަރުދޭ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ވޮލީބޯޅަ، ފުޓުބޯޅަ، ސްކޭޓް ކުރުން މިއީ މިރަށުގެ ޒުވާނުންގެ މެދުގައި އެންމެ ނަގާކިޔާ ކުޅިވަރުތަކެވެ. އެހެންނަމަވެސް މި ފަހުން ގޮއިދޫ މަޝްހޫރުވެފައި ވަނީ މޫދު ކުޅިވަރުގެ ރަށެއްގެ ގޮތުގައެވެ. ހާއްސަކޮށް ކައިޓް ސާފިންގ އަށް ގޮއިދޫ ކުދިބޮޑު ރައްޔިތުން މަރުދޭ ވާހަކައަކީ މިހާރު އާންމު ވާހަކައެކެވެ.

މިއީ އުމުރުން އެންމެ 13 އަހަރުގައި ކައިޓް ސާފް ކުރަން ފެށި ހަސަން މާހިރު (ހަންޓޭ)ގެ ވާހަކައެވެ. ހަމަޔަގީނުންވެސް ހަންޓޭއަކީ މިއަދު ގޮއިދޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ގޮއިދޫގެ ކައިޓް ސާފިންގ 'ކިންގް' އެވެ.

ކައިޓް ސާފް ކުރުމަކީ ހަންޓޭއަށް މިހާރު ފަސޭހަކަމެކެވެ. އެންމެ ކުޑައިރުން ފެށިގެން ކައިޓް ސާފް ކުރަން ބޭނުންވި ހަންޓޭއަށް ކައިޓް ސާފް ކުރަން ފުރުސަތު ލިބުނީ އެރަށު ޒުވަނުންތަކެއް ކައިރި ރިސޯޓަކުން ކުޑަ ކައިޓެއް ގެނައުމުންނެވެ. އެއާއިއެކު ފުރަތަމަ ދުވަހުންވެސް ކައިޓް ކޮންޓްރޯލް ކުރަން ހަންޓޭ ދަސްކުރިއެވެ. އެކަމަކު ތިންވަނަ ދުވަހު ކައިޓާއިއެކު ގޮސް ވެއްޓުނީ ފުށްޓަރު ފަރާތު ގާތަކެއްގެ މައްޗަށެވެ.

ފުރަތަމަ ދުވަހުންވެސް ކައިޓް ކޮންޓްރޯލް ކުރަން ދަސްވި. އެކަމަކު ތިންވަނަ ދުވަހު ކައިޓާއެކު ފުށްޓަރުފަރާތު ގާތަކެއްގެ މައްޗަށް ވެއްޓުނު. ނަސީބަކުން ތަނެއް ބިންދައިގެނެއް ނުދޭ. އެކަމަކު މުޅި މީހާ އޮތީ އެއްކޮށް ޒަޚަމްވެފައި.
ހަސަން މާހިރު (ހަންޓޭ)
ކައިޓް ސާފިންގގައި ތަފާތު ދައްކަމުން އަންނަ ހަސަން މާހިރު (ހަންޓޭ)

ފުރަތަމަވެސް ތަޖުރިބާ ކުރަން ޖެހުނީ އަނިޔާއެވެ. އެކަމަކު ހަންޓޭގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. މިއަދު ހަންޓޭގެ ވަރަށް ބައިވަރު އުންމީދުތަކެއްވެއެވެ. އެންމެ ބޮޑު އަޒުމަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވެ، އޭނާގެ ހުނަރު ދުނިޔެއަށް ދައްކާލުމެވެ. އަދި ކައިޓްގައި އެންމެ އުހަށް އަރާ ދުނިޔޭގެ ރެކޯޑު ހެދުމަކީވެސް އޭނާގެ އުންމީދެވެ. ހަންޓޭ މިހާރު ކައިޓްގައި 169 މީޓަރު މައްޗަށް އުދުހެއެވެ. އެއާއިއެކު ހަންޓޭ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ތިންވަނައަށް ކައިޓްގައި އުދުހޭ އެތުލީޓަށެވެ.

މިއީ އަސްލު ވަރަށް ފަސޭހަ ކަމެއް. މީހުން ހީކުރަނީ ވަރަށް އުނދަގޫވާނެ ކަމަށް. އެކަމަކު އަހަންނަށް މިއީ ވަރަށް ފަސޭހަ ކަމެއް. ހަމަ ކުޑަކުޑަ ހިތްވަރެއް ބޭނުންވަނީ. އެންމެ ފުރަތަމަ ދުވަހުވެސް ޖެހިލުމެއް ނެތި މައްޗަށް އެރިން މިހާރު ދެން އާދަވެފައި މިހުންނަނީ
ހަސަން މާހިރު (ހަންޓޭ)
ކައިޓް ސާފިންގގައި ތަފާތު ދައްކަމުން އަންނަ ހަސަން މާހިރު (ހަންޓޭ)

ހަންޓޭގެ ވީޑިއޯއެއް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު މަރުޒޫގު ވަނީ ހިއްސާ ކުރައްވާފައެވެ. އެވީޑިއޯއަށް އެތައް ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަންޓޭ ވަނީ ގޮއިދޫ ކުޅީގެ ބޭރުފަރާތުން ރަށުގެ ތަންކޮޅެއް ހުރަސްކޮށް ކައިޓްގައި ކުޅިއަށް ޖައްސާފައެވެ.

މީގެ އިތުރުން މަޙްލޫފް ވަނީ ހަންޓޭ 169 މީޓަރު މަތީގައި އުދުހޭ ވީޑިއޯއެއްވެސް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

ގޮއިދޫ ކައިޓް ސާފިންގެ ކިންގަށް ހަންޓޭވީ އެތައް ބައެއްގެ އެހީތެރިކަމާއިއެކުގައެވެ. ހަންޓޭގެ ޝުކުރުގެ ލިސްޓުވަރަށްވެސް ދިގެވެ. އެންމެ ފުރަތަމަ ރަހުމަތްތެރިންނެވެ. ދެން އާއިލާއެވެ. އެއަށްފަހު ރެޑްބުލް މޯލްޑިވްސްއާ އޭނާގެ ސްޕޮންސަރު ސްލިންގސޮޓް އެވެ.

ރެޑްބުލް މޯލްޑިވްސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑަށް އެހީވި، މިއަދާއި ހަމައަށްވެސް ރެޑްބުލް މޯލްޑިވްސްއިން އެހީވޭ. އެއީ މިހިސާބަށް އައުމުގެ އެއް ސަބަބު. ދެން އަހަރެންގެ ސްޕޮންސަރ ސްލިންގސޮޓް.
ހަސަން މާހިރު (ހަންޓޭ)
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
57%
14%
0%
5%
10%
14%
ކޮމެންޓް