ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 22:32
ހުޅުމާލޭގެ މަގުމަތި، ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަންނަނީ ކާފިއު ހިންގަމުން
ހުޅުމާލޭގެ މަގުމަތި، ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަންނަނީ ކާފިއު ހިންގަމުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 590 މީހުން
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 389 މީހުން
އަތޮޅު ތެރެއިން 195 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 590 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 5،256 މީހުން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. އަދި އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 590 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 389 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 195 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހުންނެވެ.

އިތުރު 590 މީހުން ކޮވިޑަށް ޕޮޒިޓިވްވުމުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67،538ށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 20،014 ގައެވެ. އޭގެ ތެރެއިން 191 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ރާއްޖެއިން މިބަލީގައި 182 މީހުން ނިޔާވެފައިވާއިރު، 47،333 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް މިދިޔަ މަހުގެ ތެރޭގައި އިންތިހާއަށް އިތުރުވުމާއިއެކު ސަރުކާރުން ވަނީ ކޮވިޑުން ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ކާފިއުގެ ވަގުތު އިތުރުކުރުމާއިއެކު ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅުމަށް ފާހެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިފިޔަވަޅުތަކާއިއެކު ކޮވިޑްގެ ކޭސްތައް ފެންނަވަރު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.


Advertisement
- ކޮމެންޓް