ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 18:43
ގާތްގަޑަކަށް 58 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް އެއްދުވަހާ ޕޮޒިޓިވްވި މީހުންގެ އަދަދު 120،529 އަށް އެގައުމުގައި ވަނީ ދަށްވެފައި
ގާތްގަޑަކަށް 58 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް އެއްދުވަހާ ޕޮޒިޓިވްވި މީހުންގެ އަދަދު 120،529 އަށް އެގައުމުގައި ވަނީ ދަށްވެފައި
އިންޑިއާ ޓައިމްސް
އިންޑިޔާއިން ކޮވިޑް ވެކްސިނެއް ގަތުން
ތަހުލީލީ މަރުހަލާ ނުނިމޭ ވެކްސިނެއް އިންޑިޔާއިން ގެންފި
މި ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އިންޑިޔާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ތަހުލީލީ މަރުހަލާ ނުނިމޭ ވެކްސިނެއް ހޯދުމަށް އިންޑިޔާ ސަރުކާރުން އޯޑަރު ކޮށްފިއެވެ.

އިންޑިޔާގައި އުފައްދާ މި ވެކްސިނަށް އަދި ނަމެއް ވެސް ދީފައިނުވާއިރު މި ވެކްސިން އުފައްދަނީ އެގައުމުގެ ކުންފުންޏެއް ކަމަށްވާ 'ބަޔޮލޮޖިކަލް އީ' އިންނެވެ. އިންޑިޔާ ސަރުކާރުން ބުނީ ފޭސް 3 ގެ ޓްރަޔަލްގައިވާ މި ވެކްސިނަކީ އުއްމީދީ އަދި ރަނގަޅު ވެކްސިނެއް ކަމަށް ފުރަތަމަ ދެ ފޭސްގެ ނަތީޖާތައް ބަލާލުމުން ހާމަ ވެގެން ގޮސްފައިވާ ކަމަށެެވެ.

އިމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބިފައިނުވާ މި ވެކްސިންގެ 300 މިލިއަން ޑޯޒް ގަތުމަށް އިންޑިޔާއިން އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު މިއީ 206 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެކެވެ.

ގާތްގަޑަކަށް 58 ދުވަހަށް ފަހު ފުރަތަމަ ފަހަރަށް އެއްދުވަހާ ޕޮޒިޓިވްވި މީހުންގެ އަދަދު 120،529 އަށް އެގައުމުގައި ވަނީ ދަށްވެފައެވެ.

އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 28،694،879ށް ވަނީ މިހާރު އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3,380 މީހުން މަރުވެ އެގައުމުން ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 344,082ށް އަރާފައެވެ.

އޭގެ އިތުރުން އެގައުމުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ފާއިތުވި 23 ދުވަހު އެގައުމުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރެވެ. ފާއިތުވި 24 ގަޑި އިރުވެސް 197,894 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. 1،555,248 މީހުން މިވަގުތު އިންޑިއާގައި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، 26،700،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިންޑިއާއިން ކޮވިޑްގެ ބޮޑު ރާޅަކާއި ކުރިމަތިލަމުންދާއިރު ފާއިތުވާ ތިން ހަފުތާގައި އެކަނިވެސް އެގައުމުން 85،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް