ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 09:03
އެސްޓްރަޒެނަކާ ވެކްސިން
އެސްޓްރަޒެނަކާ ވެކްސިން
އަލްޖަޒީރާ
ކޮވިޑް-19 ވެކްސިން ދުނިޔޭގެ ހާލަތު
މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި
އިންޑިޔާއިން ކޮވެކްސް ފެސިލިޓީއަށް ފޯރުކޮށްދޭންޖެހޭ 200 މިލިއަން ޑޯޒް ލިބުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައި
ކޮވެކްސް ފެސިލިޓީގެ ދަށުން މިހާތަނަށް ފޯރުކޮށްދީފައިވަނީ 150 މިލިއަން ޑޯޒު
ޕެންޑަމިކް ނިމުމަކަށް ގެނައުމަށް މުޅި ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުން މުހިންމު

މުއްސަނދި ގައުމުތަކުން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގޮވާލައިފިއެވެ.

ޑަބްލިޔުއެޗްއޯގެ ސީނިއަރ އެޑްވައިޒަރ ބްރޫސް އެއިލްވަރޑް ވިދާޅުވީ އިންޑިޔާއިން ކޮވެކްސް ފެސިލިޓީއަށް ފޯރުކޮށްދޭންޖެހޭ 200 މިލިއަން ޑޯޒް ލިބުމުގައި ދިމާވެފައިވާ ލަސްތަކާއި އެކު ގައުމުތަކަށް ވެކްސިނަށް ޖެހިފައިވާކަމަށެވެ. އެހެންކަމުން މުއްސަނދި ގައުމުތަކުން މިހާރު އެގައުމުތަކުގެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ބަދަލުގައި ފަގީރު ގައުމުތަކަށް އެވެކްސިން ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން މިހާތަނަށް ފޯރުކޮށްދީފައިވަނީ 150 މިލިއަން ޑޯޒެވެ. މީގެތެރެއިން ޖޫން، ޖުލައި އަދި އޮގަސްޓް މަހު ލިބެންހުންނާނީ މަދު މިންވަރެއްގެ ޑޯޒްތަކެއްކަމަށް ބްރޫސް ވިދާޅުވިއެވެ. ޕެންޑަމިކް ނިމުމަކަށް ގެނައުމަށް މުޅި ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިނުން މުހިންމެވެ.

ޖީ-7ގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަށް އިޝާރާތްކުރައްވާ ބްރޫސް ވިދާޅުވީ މިހާރު ވެކްސިން ލިބޭ މިންވަރަށްވުރެ އިތުރަށް ދެގުނަ ބޭނުންވާކަމަށެވެ.

"މުއްސަނދި ގައުމުތަކުގެ ތެރެއިން ވެކްސިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވަނީ މަދުބަޔެއް. ނިސްބަތުން މަދު ޑޯޒްތަކެއް ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވަނީ. އަވަހަށް ޑޯޒް ނުލިބިއްޖެކަމަށްވާނަމަ މިދަނީ ވަރަށް ބޮޑު ފެއިލްވުމަކާ ދިމާލަށް. " ބްރޫސް ވިދާޅުވިއެވެ.

ބްރޫސް ވަނީ އެމެރިކާއިން 25 މިލިއަން ޑޯޒް އެކި ގައުމުތަކަށް ފޯރުކޮށްދޭނެކަން ހާމަކުުރުމުން އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ.

ބްރޫސް އަންދާޒާކުރައްވާ ގޮތުގައި އިންޑިޔާއިން ވެކްސިން އެކްސްޕޯޓް ކުރުން މެދުކަނޑާލާފައިވުމާއެކު 200 މިލިއަން ޑޯޒްގެ މަދުވުމެއް ކޮވެކްސް ފެސިލިޓީގައި މިހާރު އުޅޭނެއެވެ.

އިންޑިޔާއަށް ކޮވިޑް-19ގެ ނުރައްކާތެރި ދެ ވަނަ ރާޅު އެޅުމާއެކު އެގައުމުގެ ސެރަމް އިންސްޓިއުޓުން އުފައްދަމުން އަންނަ ހުރިހާ ވެކްސިނެއް މިހާރު ހާއްސަކޮށްފައިވަނީ ހަމައެކަނި އިންޑިޔާއަށެވެ. އެއާއެކު ކޮވެކްސް ފެސިލިޓީއަށް ވަނީ ގުޑުން ގެނުވާފައެވެ.

ޖީސެވެން ގައުމުތަކުގެ ސަމިޓްގައި ވަނީ 2.4 ބިލިއަން ޑޮލަރުގެ ވެކްސިން ޑޯޒް ފަގީރުގައުމުތަކަށް ފޯރުކޮށްދިނުމަށް ގައުމުތަކުން އެއްބަސްވެފައެވެ.

- ކޮމެންޓް