ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 04:00
ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާ
ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާ
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
ޕުސްކާސް އެރީނާ، ބުޑަޕެސްޓް، ހަންގޭރީ
ޕުސްކާސް އެރީނާއަކީ 67،215 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް
ގްރޫޕް އެފްގެ ބައެއް މެޗުތައް ޕުސްކާސް އެރީނާގައި ކުޅޭނެ

މިއީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ އެންމެ ބޮޑު ސްޓޭޑިއަމެވެ. އަދި ހަންގޭރީގެ ގައުމީ ސްޓޭޑިއަމްވެސް މެއެވެ. މިތަނުގެ ކެޕޭސިޓީއަކީ 67215 އެވެ. މި ސްޓޭޑިއަމް އެމީހެއްގެ ނަމަށް ނިސްބަތްކުރެވޭ ފްރޭންކް ޕުސްކާސްއަކީ ހަންގޭރީގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އަދި މުޅި ޔޫރަޕުގައިވެސް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ.

ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި މިފަހަރު ކުޅެވޭނީ ޔޫރޯގެ ގްރޫޕް އެފްގެ މެޗުތަކުގެ ތެރެއިން ހަންގޭރީ ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ދެ މެޗާއި ޕޯޗުގަލްއާއި ފްރާންސް ކުޅޭ މެޗެވެ. މި ގްރޫޕުގައި ހަންގޭރީގެ އިތުރުން ދެން ހިމެނޭ ޓީމުތަކަކީ ޖާމަނީ، ފްރާންސް އަދި ޕޯޗުގަލްއެވެ.

ޕުސްކާސް އެރީނާއަކީ މިފަހަރު ޔޫރޯގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެގާރަ ސްޓޭޑިއަމްގެ ތެރެއިން އެންމެ އައު ސްޓޭޑިއަމެވެ. މިތަން ހުޅުވުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމަކު މިއީ ކުރިން އެތަނުގައި ހުރި ހަމަ މިނަންކިޔާ ބައު ސްޓޭޑިއަމް 2017 ވަނަ އަހަރު ތަޅާލާފައި އަލަށް ބިނާކުރި ސްޓޭޑިއަމެކެވެ.

ހަންގޭރީއަކީ 1950 ގެ އަހަރުތަކުގައި ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއްބާރެވެ. އެއީ ފްރޭންކް ޕުސްކާސް ހަންގޭރީގެ ކެޕްޓަންކަން ކުރި ޒަމާނެވެ. އޭނާގެ ނަމަށް ނިސްބަތް ކުރެވޭ އައު ސްޓޭޑިއަމަކާއެކު ހަންގޭރީގެ އުއްމީދަކީ އަނެއްކާވެސް އިހުގެ މަގާމަށް ގައުމީ ޓީމު އަލުން ރުޖޫއަވުމެވެ. މި ރާސްތާއިން ދުވެލި ފަށައިގަތުމުގައި މިފަހަރުގެ ޔޫރޯއަކީ މުހިއްމު ހަރުފަތެއްކަމަށްވެސް ގަބޫލު ކުރެއެވެ. ޕުސްކާސް އެރީނާގައި ކުޅޭ މެޗުތައް ބެލުމަށް ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ 25 އިންސައްތައަށްވުރެ މަދުނުވާނޭ ނިސްބަތަކުން މީހުން ވެއްދުމަށް ހަންގޭރީގެ ފުޓްބޯޅަ އެސޯސިއޭޝަނުން އުއްމީދު ކުރެއެވެ.

- ކޮމެންޓް