ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:59
ޖާރމަނީގެ ދެވަނައަށް އެންމެ ބޮޑު ދަނޑު ކަމަށްވާ އެލިއާންޒް އެރީނާ
ޖާރމަނީގެ ދެވަނައަށް އެންމެ ބޮޑު ދަނޑު ކަމަށްވާ އެލިއާންޒް އެރީނާ
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
އެލިއާންޒް އެރީނާ، މިއުނިކް، ޖާރމަނީ
 
ގްރޫޕް އެފްގައި ޖާރމަނީ ކުޅެންޖެހޭ މެޗުތައް ކުޅޭނެ
 
އެލިއާންޒް އެރީނާއަކީ ޖުމްލަ 70 ހާސް މީހުންގެ ސްޓޭޑިއަމެއް

މިއީ ޖުމްލަ 70 ހާސް މީހުންގެ ސްޓޭޑިއަމެކެވެ. ޖާރމަނީގެ އެންމެ ވަރުގަދަ ކުލަބުކަމަށްވާ ބަޔާން މިއުނިކުގެ ހޯމް ސްޓޭޑިއަމަކީވެސް މިއީއެވެ. މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން ގްރޫޕް އެފްގައި ޖާރމަނީ ކުޅެންޖެހޭ އެންމެހައި މެޗުތައް ކުޅޭނީވެސް އެލިއާންޒް އެރީނާގައެވެ.

އެލިއާންޒް އެރީނާއަކީ ޖާރމަނީގެ ދެވަނައަށް އެންމެ ބޮޑު އެރީނާއެވެ. އެކަމަކު ހުރިހާ ގޮތަކުންވެސް އެންމެ ފުރިހަމަ އަދި ޒަމާނީ އެރީނާއަކީ އެލިއާންޒް އެރީނާއެވެ.

މި ސްޓޭޑިއަމް ރަސްމީކޮށް ހުޅުވި ބޭނުން ކުރަމުން އަންނަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަކު ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތައް ބާއްވާއިރު ސްޓޭޑިއަމްގެ ނަން ބަދަލުވެއެވެ. އެހެން އެވަނީ ސްޓޭޑިއަމްގެ ސްޕޮންސަރަކީ ވިޔަފާރި ކުންފުންޏަކަށްވެފައި ފީފާއާއި ޔުއޭފާގެ މުބާރާތްތައް މި ސްޓޭޑިއަމްގައި ބާއްވާއިރު މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ސްޓޭޑިއަމްގެ ސްޕޮންސަރު ނުހިމެނޭތީއެވެ. މި ސްޓޭޑިއަމްގެ ކެޕޭސިޓީއަކީވެސް މިބީދައިން ބަދަލުވާ އެއްޗެކެވެ. ބައިނަލްއަގުވާމީ މެޗެއް ކުޅޭނަމަ ކެޕޭސިޓީއަކީ 70 ހާހެވެ. ޑޮމެސްޓިކް މެޗެއް ނަމަ ކެޕޭސިޓީއަކީ 75 ހާހެވެ. ޑޮމެސްޓިކް މެޗުތަކަކީ ޖާރމަނީގެ ލީގު މެޗުތަކާއި ކަޕް މެޗުތަކެވެ.

އެލިއާންޒް އެރީނާގައި ގްރޫޕް އެފްގެ ބައެއް މެޗުތައް ކުޅުމުގެ އިތުރަށް ކުއާޓަރ ފައިނަލްގެ މެޗެއްވެސް އެތާގައި ކުޅެވޭނެއެވެ. މި ސްޓޭޑިއަމް ހިމެނެނީ ބެވޭރިއާ ރީޖަންގައެވެ. އެތާގެ ސަރަހައްދީ ސަރުކާރުން ބުނެފައިވަނީ ޔޫރޯ ފެށޭއިރު ބެވޭރިއާގެ ކޮވިޑް ހާލަތު ގޯސްނޫންނަމަ ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ ވިހި އިންސައްތަ މީހުން މެޗުތަކަށް ވައްދާނޭ ކަމުގައެވެ. އެއީ ގާތްގަޑަކަށް 14 ހާސް މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް