ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:58
ސްޕެއިނުގެ ސެވިއްޔާގައި ހުންނަ އެސްޓާޑިއޯ ލަ ކަރްތޫޒާ
ސްޕެއިނުގެ ސެވިއްޔާގައި ހުންނަ އެސްޓާޑިއޯ ލަ ކަރްތޫޒާ
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
އެސްޓާޑިއޯ ލަ ކަރްތޫޒާ، ސެވިއްޔާ، ސްޕެެއިން
 
މި ދަނޑުގައި ކުޅޭނީ ގްރޫޕް އީގައި ސްޕޭނު ކުޅެންޖެހޭ މެޗުތައް
 
މިއީ ގާތްގަޑަކަށް 60،000 މީހުންގެ ކެޕޭސިޓީ ހިމެނޭ ސްޓޭޑިއަމެއް

މިއީ ގާތްގަޑަކަށް 60 ހާސް މީހުންގެ ކެޕޭސިޓީ ހިމެނޭ ސްޓޭޑިއަމެކެވެ. މިތަނުގައި ކުޅެވޭނީ ޔޫރޯގެ މެޗުތަކުގެ ތެރެއިން ގްރޫޕް އީގައި ސްޕޭނު ކުޅެންޖެހޭ މެޗުތަކެވެ. މި ގްރޫޕުގައި ސްޕެއިނުގެ އިތުރުން ދެން ހިމެނޭ ޓީމުތަކަކީ ޕޮލެންޑާއި ސްލޮވާކިޔާއާއި ސުވިޑަންއެވެ. މި ގްރޫޕުގެ އެހެނިހެން މެޗުތައް ކުޅެވޭނީ ރަޝިޔާގެ ސެންޓްޕީޓާރސްބާގުގައެވެ.

މި ގްރޫޕުގެ މެޗުތައް ކުޅެން އެންމެ ފުރަތަމަ ހަމަޖެހުނީ ސްޕޭނުގެ ބިލްބާއޯގެ ސެން މަމެޒް ސްޓޭޑިއަމާއި އަޔަލެންޑްގެ ޑަބްލިންގެ އަވީވާ ސްޓޭޑިއަމުގައެވެ. އެހެންނަމަވެސް ކޮވިޑުގެ ކަންތަކުގައި ޑަބްލިންއާއި ބިލްބާއޯގައި ހުރި ހަރުކަށި އުސޫލުތަކުގެ ސަބަބުން މީހުން ވެއްދޭނެ ކަމުގެ ޔަގީންކަން ނެތިގެން ޔުއޭފާގެ ފަރާތުން މި ގްރޫޕުގެ މެޗުތައް ސެވިއްޔާ އާއި ސެންޓްޕީޓާރސްބާގަށް ބަދަލުކުރީއެވެ.

ލަ ކަރްތޫޒާ އަކީ ސްޕޭނުގެ ހަ ވަނަޔަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. އަދި ސްޕޭނުގެ އަންދަލޫސިއާ ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. މިތަނުގައި އެންމެ ފަހުން ކުޅެވުނު އެންމެ ބޮޑު މެޗަކީ 2003 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލްގައި ޕޯޗުގަލްގެ ޕޯޓޯއާއި ސްކޮޓްލެންޑުގެ ސެލްޓިކް ބައްދަލުކުރި މެޗެވެ.

ލަ ކަރްތޫޒާއަކީ ސެވިއްޔާ ސިޓީގެ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވިޔަސް މިއީ ސްޕޭނުގެ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ބޮޑު ކުލަބެއްގެ ހޯމް ސްޓޭޑިއަމެއް ނޫނެވެ. އެ ސިޓީގެ އެންމެ މަޝްހޫރު ކުލަބް ކަމަށްވާ އެފްސީ ސެވިއްޔާ ކުޅެނީ އެހެން ސްޓޭޑިއަމެއްގައެވެ. ލަ ކަރްތޫޒާ ރަސްމީކޮށް ހުޅުވުނީ 1999 ވަނަ އަހަރު މަލްޓިޕާރޕަސް ސްޓޭޑިއަމެއްގެ ގޮތުގައެވެ. މިފަހަރަކީ ސްޕޭނުގެ ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމުގެ ގޮތުގައި ލަ ކަރްތޫޒާގައި މެޗުތަކެއް ކުޅެވޭ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް