ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:57
ސްކޮޓްލެންޑްގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ ހެމްޕްޑެން ޕާކް
ސްކޮޓްލެންޑްގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ ހެމްޕްޑެން ޕާކް
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
ހެމްޕްޑެން ޕާރކް، ގްލާސްގޯ، ސްކޮޓްލެންޑް
 
އިންގްލެންޑު ފިޔަވައި ގްރޫޕް ޑީގެ އެހެން މެޗުތައް ކުޅޭނޭ
 
ހެމްޕްޑެން ޕާކް ސްޓޭޑިއަމުގެ ކެޕޭސިޓީއަކީ ގާތްގަޑަކަށް 52،000

ހެމްޕްޑެން ޕާކް ސްޓޭޑިއަމަކީ ސްކޮޓްލެންޑްގެ ގައުމީ ސްޓޭޑިއަމުގެ ގޮތުގައި ބެލެވޭ ސްޓޭޑިއަމެވެ. މިތަނުގެ ކެޕޭސިޓީއަކީ ގާތްގަޑަކަށް 52 ހާހެވެ. މިފަހަރުގެ ޔޫރޯގައި މި ސްޓޭޑިއަމްގައި ކުޅޭނީ ގްރޫޕް ޑީގެ މެޗުތަކުގެ ތެރެއިން އިންގްލެންޑު ފިޔަވައި އެހެން ޓީމުތަކުގެ މެޗުތަކާއި ރައުންޑް އޮފް 16 ބުރުގެ މެޗެކެވެ.

ސްކޮޓްލެންޑަކީ ވަކި ގައުމަކަށް ނުވިޔަސް ފުޓްބޯޅައިގެ ކަންކަމުގައި އެއީ ވަކި ގައުމެއްގެ ހައިސިއްޔަތު ލިބިފައިވާ ބައެކެވެ. އެއީ ފީފާގެ މެންބަރެކެވެ. އަދި ޔުއޭފާގެ ވެސް މެންބަރެކެވެ. މިފަހަރުގެ ޔޫރޯގައިވެސް ސްކޮޓްލެންޑް ވާދަކުރުމާއެކު ސްކޮޓްލެންޑް ހިމެނިފައިވަނީ މުބާރާތް ހޯސްޓްކުރާ އެގާރަ ގައުމުގެ ތެރެއިން ގައުމެއް ކަމުގައެވެ. ސްކޮޓްލެންޑުގައި ޔޫރޯގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ސްޓޭޑިއަމަކީ ގްލާސްގޯގެ ހެމްޕްޑެން ޕާރކެވެ.

މިއީ ވަރަށް ތާރީޚީ ސްޓޭޑިއަމެކެވެ. ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުތައް ކިތަންމެ ފަހަރަކު މި ސްޓޭޑިއަމުގައި ކުޅެވިފައިވެއެވެ. އަދި ކޮމަންވެލްތު ގޭމްސްގެ ހޯސްޓް ސްޓޭޑިއަމްގެ ގޮތުގައިވެސް މި ސްޓޭޑިއަމް ފެނިފައިވެއެވެ.

ސްކޮޓްލެންޑުގެ ސަރަހައްދީ ސަރުކާރާއި ސްކޮޓްލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އުއްމީދުކުރާ ގޮތުގައި ގްރޫޕް ޑީގައި ސްކޮޓްލެންޑް ކުޅޭ މެޗުތަކާއި އެނޫންވެސް މި ސްޓޭޑިއަމްގައި ކުޅޭ މެޗުތައް ބެލުމަށް ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ ފަންސަވީސް އިންސައްތަ މީހުން ވެއްދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް