ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:37
ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާ
ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާ
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
ނެޝަނަލް އެރީނާ، ބުކަރެސްޓް، ރުމޭނިއާ
 
ބުކަރެސްޓްގައި ކުޅޭނީ ގްރޫޕް ސީގެ މެޗުތައް
 
ނެޝަނަލް އެރީނާގެ ކެޕޭސިޓީއަކީ 55،600

ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާއަކީ ރުމޭނިޔާގެ ގައުމީ ސްޓޭޑިއަމެވެ. އެތާގެ ކެޕޭސިޓީއަކީ 55600 އެވެ. ރުމޭނިޔާގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން ޑީނަމޯ ބުކަރެސްޓްގެ ހޯމް ސްޓޭޑިއަމަކީވެސް މި ސްޓޭޑިއަމެވެ. އަދި ރުމޭނިޔާގެ ގައުމީ ޓީމުގެ ހޯމް މެޗުތައްވެސް އާއްމު ގޮތެއްގައި ކުޅެނީ މި ސްޓޭޑިއަމްގައެވެ.

މިފަހަރުގެ ޔޫރޯގެ މެޗުތަކުގެ ތެރެއިން ބުކަރެސްޓްގައި ކުޅޭނީ ގްރޫޕް ސީގައި ހޮލެންޑް ފިޔަވައި އެހެން ގައުމުތައް ކުޅޭ ތިން މެޗަކާއި ރައުންޑް އޮފް 16 ބުރުގެ މެޗެކެވެ.

ބުކަރެސްޓްގެ ނެޝަނަލް އެރީނާއަކީ ދިގު ތާރީޚެއް ލިބިގެންވާ ސްޓޭޑިއަމެކެވެ. އެހެންނަމަވެސް މިހާރު އެހެރަ ސްޓޭޑިއަމަކީ ކުރިން ހުރި ބައު ސްޓޭޑިއަމް 2008 ވަނަ އަހަރު ތަޅާލާފައި 2011 ވަނަ އަހަރު ބިނާކުރެވުނު މުޅިން ޒަމާނީ އައު ސްޓޭޑިއަމެކެވެ. އައު ކުރެވުނު ފަހުން އެތަނުގައި ކުޅެވުނު އެންމެ ތާރީޚީ މެޗަކީ 2012 ވަނަ އަހަރު ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް