ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:36
ރަޝިޔާގެ ސެންޓްޕީޓާރސްބާގުގައި ހުންނަ ކްރެސްޓޮވްސްކީ ސްޓޭޑިއަމް
ރަޝިޔާގެ ސެންޓްޕީޓާރސްބާގުގައި ހުންނަ ކްރެސްޓޮވްސްކީ ސްޓޭޑިއަމް
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
ކްރެސްޓޮވްސްކީ ސްޓޭޑިއަމް، ސެންޓްޕީޓާރސްބާގް، ރަޝިޔާ
 
މި ސްތޭޑިއަމުގައި ކުޅޭނީ ގްރޫޕްބީގެ ތިން މެޗަކާއި ކުއާޓަރ ފައިނަލްގެ މެޗެއް
 
ކްރެސްޓޮވްސްކީ ސްޓޭޑިއަމަކީ ޖުމްލަ 67800 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް

މިއީ ޖުމްލަ 67800 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މިތަނުގައި މިފަހަރުގެ ޔޫރޯގައި ކުޅޭނީ ގްރޫޕްބީގެ ތިން މެޗަކާއި ކުއާޓަރ ފައިނަލްގެ މެޗެއް ހިމަނައިގެން ޖުމްލަ ހަތަރު މެޗެވެ.

ކްރެސްޓޮވްސްކީ ސްޓޭޑިއަމޭ ކިޔަނީ މި ސްޓޭޑިއަމް ހެދިފައިވަނީ އެނަން ކިޔާ ޖަޒީރާއެެއްގައި ކަމުންނެވެ. ސްޓޭޑިއަމްގެ ސްޕޮންސަރަށް ނިސްބަތްކޮށްފައި ގިނަބަޔަކު މިތަނަށް ކިޔަނީ ގޭޒްޕްރޮމް އެރީނާގެ ނަމުންނެވެ. ރަޝިޔާގެ ފުރަތަމަ ޑިވިޝަނުގެ ވަރުގަދަ ކުލަބްތަކުގެ ތެރެއިން ޒެނިތު ސެންޓްޕީޓާރސްބާގުގެ ހޯމް ސްޓޭޑިއަމަކީވެސް މި ސްޓޭޑިއަމެވެ.

މިއީ ރަޝިޔާގެ އެންމެ އައު ސްޓޭޑިއަމްތަކުގެ ތެރެއިން ތަނެކެވެ. މިތަން ރަސްމީކޮށް ހުޅުވުނީ ފީފާ ކޮންފެޑެރޭޝަންސް ކަޕާ ދިމާކޮށް 2017 ވަނަ އަހަރުއެވެ. މިތަން ފަރުމާކޮށްފައިވަނީ ފިނިމޫސުމުގައި ސުނޯއިން ސަލާމަތް ކުރުމަށް ފުރާޅު ލައްޕައި ނިއުޅޭ ގޮތަށެވެ. މިތަން ނިންމުމަށް ބިލިޔަނެއްހައި ޔޫރޯ ޚަރަދުވިކަމަށް ބުނެވެއެވެ.

މި ސްޓޭޑިއަމް ހުރީ ކުރިން ކިރޯ ސްޓޭޑިއަމޭ ކިޔުނު ބައު ސްޓޭޑިއަމެއް ހުރި ތަނުގައެވެ. ކުރީގެ ތަން ތަޅައިލީ ރަޝިޔާގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ޒަމާނީ އައު ސްޓޭޑިއަމްތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.

މިފަހަރު ޔޫރޯގެ ގްރޫޕް ބީގެ ބައެއް މެޗުތައް މި ސްޓޭޑިއަމްގައި ކުޅޭއިރު މި ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ރަޝިޔާ، ފިންލެންޑް، ބެލްޖިއަމް އަދި ޑެންމާކެވެ. މި ގްރޫޕުގެ އިތުރު މެޗުތައް ކުޅޭނީ ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގެ ޕާރކެން ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް