ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 08:45
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން
ރާއްޖެއެމްވީ
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުން
ބުރާސްފަތި ދުވަހު ދެވަނަ ޑޯޒް ޖެހީ 1010 މީހުން
 
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 171،115ށް އަރާފައި
 
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 311،225ށް އަރާފައި

ބުރާސްފަތި ދުވަހު 1010 މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 391 މީހުންނެވެ. އެހެންކަމުން ބުރާސްފަތި ދުވަހު ވެކްސިން ޖެހި ޖުމްލަ އަދަދަކީ 1401 މީހުންނެވެ.

ފުރަތަމަ ޑޯޒް ޖެހި 391 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 105 މީހުންނެވެ. އަދި އަތޮޅުތަކުން 286 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. ދެވަނަ ޑޯޒް ޖެހި 1010 މީހުންގެ ތެރެއިން މާލެ ސަރަހައްދުން 325 މީހުން އަދި އަތޮޅު ތަކުން 685 މީހުން ވަނީ ބުރާސްފަތި ދުވަހު ދެވަނަ ޑޯޒް ޖަހާފައެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 311،225ށް އަރާފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 171،115ށް އަރާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ފައިޒަރ ވެކްސިން އަދި ސިނޯފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް މަސައްކަތްކުރަމުން އަންނައިރު އެސްޓްރަޒެނިނާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ލައްކަ ޑޯޒް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް ފައިސާ ދައްކާފައެވެ.

މީގެއިތުރުން އެމެރިކާ އާއި ކެނެޑާއިން ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް