ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 03:35
އަޒަބައިޖާނުގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމް
އަޒަބައިޖާނުގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމް
ގެޓީ އިމޭޖަސް
ޔޫރޯ 2020 - ދަނޑުތައް
ބަކޫ އޮލިމްޕިކް ސްޓޭޑިއަމް، ބަކޫ، އަޒަބައިޖާން
 
ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމުގައި މިފަހަރު ޔޫރޯގެ ޖުމްލަ ހަތަރު މެޗެއް ކުޅޭނެ
 
ބަކޫ އޮލިމްޕިކް ސްޓޭޑިއަމަކީ 70،000 މީހުންނަށް އެއްފަހަރާ ވަދެވޭ ސްޓޭޑިއަމެއް

އަޒަބައިޖާނުގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމުގައި މިފަހަރު ޔޫރޯގެ ޖުމްލަ ހަތަރު މެޗެއް ކުޅޭނެއެވެ. އެއީ ގްރޫޕް އޭގެ ތިން މެޗާއި ކުއާޓަރ ފައިނަލްގެ މެޗެކެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ތުރުކީ، ސުވިޒަލެންޑް، ވޭލްސް އަދި އިޓަލީއެވެ. މިތަނުން އިޓަލީގެ މެޗުތައް ފިޔަވައި ގްރޫޕުގެ އެހެނިހެން މެޗުތައް ކުޅޭނީ ބަކޫގައެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމަކީ 70 ހާސް މީހުންނަށް އެއްފަހަރާ ވަދެވޭ ސްޓޭޑިއަމެކެވެ. މިއީ އަޒަބައިޖާނުގެ އެންމެ ބޮޑު ސްޓޭޑިއަމެވެ. ގައުމީ ސްޓޭޑިއަމްވެސް މެއެވެ. މިއީ 2015 ވަނަ އަހަރު ހުޅުވުނު މުޅިން އައު ތަނެކެވެ. ގައުމީ ހުރިހާ ކުޅިވަރު މުބާރާތެއްގެ މައިދާނަކީވެސް އޭގެ ފަހުން ބަކޫ އޮލިމްޕިކް ސްޓޭޑިއަމެވެ. އަޒަބައިޖާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމަކީވެސް މިއީއެވެ.

މިފަހަރުގެ ޔޫރޯގައި އަޒަބައިޖާން ނުކުޅުނަސް ދީނީގޮތުންނާއި ނަސްލީގޮތުން އަދި ސިޔާސީގޮތުން އަޒަބައިޖާނުގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށްވާ ތުރުކީ ކުޅެއެވެ. ގްރޫޕު ފިޔަވަހީގައި ތުރުކީގެ ގިނަ މެޗުތައް ކުޅެން ޖެހެނީ ބަކޫގައެވެ. މިއީ ތުރުކީއަށް ހޯމް އެޑްވާންޓޭޖެއް ކަހަލަ ބޮޑު އެޑްވާންޓޭޖެކެވެ. އަޒަބައިޖާނުގެ ރަސްމީ ފަރާތްތަކުން ބުނާގޮތުގައި ސްޓޭޑިއަމުގެ ޖުމްލަ ކެޕޭސިޓީގެ ވިހި އިންސައްތަ މީހުންނަށް ސްޓޭޑިއަމަށް ވަދެގެން މެޗުތައް ބެލުމުގެ އިންތިޒާމްތައް ދަނީ ފުރިހަމަ ކުރަމުންނެވެ. އޭގެތެރެއިން ގިނަ މީހުންވާނީ ތުރުކީގެ ސަޕޯޓަރުންނަށެވެ.

ބަކޫއަކީ މިފަހަރުގެ ޔޫރޯގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ އިރުމަތީގައިވާ ސްޓޭޑިއަމެވެ. މި ސަބަބަށްޓަކައި ބަކޫގައި މެޗުތައް ފަށާ ގަޑި އެހެން ތަންތަނުގައި ކުޅޭ މެޗުތައް ފަށާ ގަޑިޔަށްވުރެ ތަންކޮޅެއް އަވަސްވާނެއެވެ. މީގެ ދެރަކަން އެންމެ ބޮޑުވާނީ މި ގްރޫޕުގެ ޓީމުތަކުގެ ތެރެއިން ވޭލްސްއާއި ސުވިޒަލެންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް