ކ. މާލެ
|
4 ޖޫން 2021 | ހުކުރު 12:48
ފުވައްމުލައް ސިޓީގެ މަގެއް، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވޭ
ފުވައްމުލައް ސިޓީގެ މަގެއް، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވޭ
އެމްޓީސީސީ
ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު
ފުވައްމުލައް ސިޓީން އިތުރު 14 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 538ށް
203 އެކްޓިވް ކޭސް ހިމެނޭއިރު، 336 މީހަކު ބަލި ރަނގަޅުވެފައިވޭ
155 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ

ފުވައްމުލައް ސިޓީން އިތުރު 14 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 538ށް އަރައިފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު 180 ސާމްޕަލްގެ ތެރެއިން 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި 24 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 203 އެކްޓިވް ކޭސް ހިމެނޭއިރު، 336 މީހަކު ބަލި ރަނގަޅުވެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 12666 ސާމްޕަލެއް ނަގާފައިވެއެވެ. އަދި 155 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.

ފުވައްމުލައް ސިޓީން މިހާތަނަށް 5821 މީހަކު ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، 3137 މީހަކު ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ފުވައްމުލަކުގެ ހާލަތު ގޯސްވަމުން އަންނާތިީ ކައުންސިލުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވިޔަފާރި ކުރަން ފިހާރަތަކަށް ނުގޮސް އެ ސިޓީގައި ވަނީ ޑެލިވަރީގެ ޚިދުމަތް ފަށާފައެވެ. ޑެލިވަރީ ކުރުމަށް ފާސް ދޫކުރަމުން އަންނަނީ ރެސްޓޯރެންޓް ތަކަށާއި، ފިހާރަ ތަކަށެވެ. އެއީ ހަވީރު 4:00ން ފެށިގެން 6:00ށް ދޫކުރާ ފާހެކެވެ. ޒަރޫރީ އެހެން ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލް މެދުވެރިކޮށް ފާސް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ ސިޓީގެ ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ސިޓީގައި މިހާރު ހަވީރު 4:00 ފެށިގެން ފަތިހު 6:00ށް އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.

ފުވައްމުލަށް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް ފުވައްމުލަކުން ކޮވިޑް-19ގެ ތިން ކްލަސްޓަރއެއް ފެނުމާއި ގުޅިގެން މޮނިޓަރިންއަށް ގެނެސްފައިވެއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ފުވައްމުލައް ސިޓީގައި ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު ވެސް އެސިޓީގައި ހިންގާފައިވެއެވެ. ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު އާއްމު ހާލަތަށް އާދެވި މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 15 ގައެވެ.

- ކޮމެންޓް