ކ. މާލެ
|
3 ޖޫން 2021 | ބުރާސްފަތި 09:03
އެންޓޮނީ ބްލިންކެން، އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް
އެންޓޮނީ ބްލިންކެން، އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް
އަލްޖަޒީރާ
އެމެރިކާ އެހީ ރާއްޖެއަށް
ކޮވިޑް19އާ ގުޅިގެން އެމެރިކާގެ އެހީ އަނެއްކާވެސް ރާއްޖެއަށް
މީގެ ތެރޭގައި ހިމެނެނީ ކުލި ހާލަތުގައި ބޭނުންކުރާ ސާމާނު
ކުރިން ދެ ފަހަރެއްގެ މަތިން ވެސް އެހީ ދީފައިވޭ
އިކޮނޮމިކް ސަޕޯޓް ދިނުމަށް ވެސް ނިންމާފައިވޭ

ކޮވިޑް19އިން ރައްކާތެރިވުމަށް އެމެރިކާއިން އަނެއްކާވެސް ރާއްޖެއަށް އެހީދީފިއެވެ.

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމެރިކާއިން ހުއްޓުމެއްނެތި އެޝިއާގެ ގައުމުތަކަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ ދަށުން ރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާއަށް ދޭ އެހީގެ ސާމާނާއެކު ބުރާސްފަތި ދުވަހު އެމެރިކާއިން ފްލައިޓް ފުރާނެ ކަމަށެވެ. މިއީ ޔޫއެސް އެއިޑްގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެކެވެ. މީގެތެރޭގައި ހިމެނެނީ ކުއްލި ހާލަތުގައި ބޭނުންކުރާ ސާމާނު ކަމަށް ބްލިކެންގެ ޓްވީޓްގައި ވެއެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ ރާއްޖެއަށް ކޮވިޑް19އިން ދިފާއު ވުމަށް އެހީތެރިކަން ފޯރުކޮށްދީފައެެވެ. އެގޮތުން ޕީޕީއީ ހިމެނޭ ގޮތުން 150،000 ޑޮލަރުގެ އެހީ ދީފައިވެއެވެ. އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ބޭނުންކުރާ އާލާތްތަކާއި 40 އޮކްސިޖަން ކޮންސެންޓްރޭޓާސް ހިމެނޭ ގޮތަށް ދެވަނަ ފަހަރު ހަދިޔާ ކުރި ތަކެތީގެ އަގު 165،000 (އެއްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރު އަރައެވެ. އިކޮނޮމިކް ސަޕޯޓްގެ ގޮތުގައި 30.8 މިލިއަން ދިނުމަށް ވެސް އެމެރިކާއިން 2020 ވަނަ އަހަރު ނިންމާފައިވެއެވެ.

އެމެރިކާއިން އަންނަނީ ކޮވިޑް19އިން ދިފާއު ވުމަށް އެކި ގައުމުތަކަށް އެހީތައް ދެމުންނެވެ.


Advertisement
- ކޮމެންޓް