ކ. މާލެ
|
2 ޖޫން 2021 | ބުދަ 11:22
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ރައީސް އޮފީސް
ކޮވިޑް-19ގައި ކުޑަކުއްޖަކު ނިޔާވުން
ކުއްޖާއަށް ފަރުވާދޭން، އެމްބިއުލާންސް ފޮނުވުމުގައި ލަސްވިކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެއްޖެ
 
ހުއްޓިފައި އޮންނަތާ ގިނަ އިރުވެ ކުއްޖާގެ ސިނކުނޑި އޮތީ މަރުވެފައި
 
އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން
 
އެ ކޭސްއަށް ރިއާޔަތްކޮށް އެމްބިއުލާންސް ފޮނުވުމުގައި ބަލާ އުސޫލުތަކަށް ބަދަލުގެނެސްފި

ކޮވިޑް-19ގައި ނިޔާވި 10 އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ފަރުވާދޭން ހޮސްޕިޓަލުން އެމްބިއުލާންސް ދިޔަ ގޮތް ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު ނިޔާވީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އެ ކުއްޖާ އެޑްމިޓްކޮށްފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ އާއިލާއިން ބުނިގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އެޗްޕީއޭއަށް ގުޅައި އެންގީ 31 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރުއެވެ. އެތައް ފަހަރަކު ގުޅާ އެދުމުން ވެސް އެޗްޕީއޭއިން ބުނީ "މެޑިކަލް ޓީމަށް ގުޅާ އަންގައިފި" ކަމަށާއި، ދެ ގަޑި އިރު ވެގެން ދިޔަ އިރު ވެސް ނާންނަ ކަމަށެވެ. ކޮވިޑް-19 ޕޭޝަންޓެއް ކަމުން އައިޖީއެމްއެޗުން ވެސް ފަރުވާދޭން އެއްބަސް ނުވި ކަމަށާއި އެންމެ ފަހުން އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން އެ ރޭ 11:30 ހާއިރު ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޓުވީޓުގައި ބުނީ އެމްބިއުލާންސް ފޮނުވުމުގައި ލަސްތަކެއްވި ކޭސްއެއް ފެންމަތިވެފައިވާ ކަމަށާއި، އެ ކޭސްއަށް ރިއާޔަތްކޮށް އެމްބިއުލާންސް ފޮނުވުމުގައި ބަލާ އުސޫލުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

ނިޔާވި ކުއްޖާގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި ކުއްޖާގެ ހާލު ދެރަވެފައި ވަނީ ކުއްޖާ ކޮވިޑް-19ށް ޕޮޒިޓިވްވިތާ ހަތް ވަނަ އަށް ވީ ދުވަހުއެވެ. އަނގަޔާއި ނޭފަތުން ލޭ އައިސް ކުއްޖާ ކޮލެޕްސްވީ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭ ވެސް ނެތް ކަމަށާއި އޮތީ އެއްކޮށް ހުއްޓިފައި ކަމަށް ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ކުއްޖާ ހާޓްއެޓޭކެއް ޖެހި އިންޓާނަލް ބްލީޑިންގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ.

ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުން ސީޕީއާރް ދީގެން ކުއްޖާ ރިވައިވްކުރުމަށް ފަހު ބެލި އިރު، ހުއްޓިފައި އޮންނަތާ ގިނަ އިރުވެ ކުއްޖާގެ ސިނކުނޑި މަރުވެފައި އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ. އަދި އެހިސާބުން ލީ ވެންޓިލޭޓަރަށް ކަމަށާއި ނިޔާވީ ވެންޓިލޭޓަރުގައި އޮންނަތާ 24 ގަޑި އިރު ފަހުން ކަމަށް ވެސް ބުންޏެވެ.

މި ބަލީގައި ކުޑަކުއްޖަކު ނިޔާވި އިރު މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
6%
0%
89%
0%
0%
6%
ކޮމެންޓް
2 ޖޫން 2021 | ބުދަ 17:24
ޢަލީ
ބަރާބަރަށް ހިދުމަތްނުދެވިދާނެ ވާހަކަ ކުރިންވެސް ބުނަމުންއައީ.
2 ޖޫން 2021 | ބުދަ 16:52
ޙުސައިންދީ
ތީ އެމ.ޑީ.ޕީ ނޫން މިނިސްޓަރެއް ނަމަ މިހާރު މަޖިލިހުން ނޯ ކޮންފިޑެންސް ވޯރޓްނަގާ ވަކިކޮށްފިސް
2 ޖޫން 2021 | ބުދަ 15:27
ޖަމްޝީދު ޔާސިރު
kulhudhuffushi 2 membarun majileehuga thibey, mahsala vehdhee, mahchangoalhee dhekunu menbaru ކުޅުދުއްފުށި މެންބަރުން ކީއްކުރާބައެއް
2 ޖޫން 2021 | ބުދަ 12:18
ޖަޑިބު
ސަޅި އެއްނު މައްސަލަ ބަލާނަން، ފިޔަވަޅު އަޅަނަން ދެން ބުނާނީ ގޯހުންނޭވީ. މީދެން ކިހާދެރަކަމެއް. ތުއްތު ކުއްޖެކޭ އެ ދިޔައި އެއީ ކޮންފަދަ ނަސީބެއް ގެނެސްދޭނެ ކުއްޖެއްކަންވެސް ނޭގޭ ހެޔޮނުވާނެ ދެން. ކަންކަން ދޯދިޔާވެ ޕާޓީ ކުދިން ގައުމު ހިންގަން ފެށީމަ ނަތީޖާ މި ފެންްނަނީ. ސަލާން