Advertisement
ކ. މާލެ
|
2 ޖޫން 2021 | ބުދަ 05:05
ފައިލް ފޮޓޯ، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިންގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތުގައި
ފައިލް ފޮޓޯ، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިންގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތުގައި
ރާއްޖެއެމްވީ
އަލިފާން ރޯވުން
ގުދަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ރޯވެފައިހުރީ ގުދަނުގެ ބޮކީގައި
އިތުރު ގެއްލުމެއް އަދި އެއްވެސް މީހަކަށް އަނިޔާވެފައިނުވޭ
އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ބުދަ ދުވަހުގެ ރޭ 12:49 ހާއިރު

ގުދަނެއްގައި ރޯވި އަލިފާން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މއ. ނީލޯރީފްގެ ފުރަތަމަ ފަންގިފިލާގައި ގުދަނެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ބުދަ ދުވަހުގެ ރޭ 12:49 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެފައިހުރީ ގުދަނުގައި ހުރި ބޮކީގައި ކަމަށާއި، އިތުރު ގެއްލުމެއް ނުލިބޭ ކަމަށެވެ.

Advertisement

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ރިޕޯޓު ލިބުމާއެކު އަވަހަށް އެޓެންޑްވެ އަލިފާން, ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ވެސް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުދަނެއްގައި ހުރި ބޮއްކެއްގައި ރޯވެފައިވާއިރު، މެއި މަހުގެ 31 ވަނަ ދުވަހު ކަނބާއައިސާރަނި ހިނގުމުގައި ހުރި އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެފައިވެއެވެ. އަދި މެއި މަހުގެ 27 ވީ ބުރާސްފަތި ދުވަހު މއ. މޯނިންގވިއު 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް