ކ. މާލެ
|
2 ޖޫން 2021 | ބުދަ 08:16
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެޑިޔުކޭޝަންގެ ޓިކްޓޮކް ފޭކް އެކައުންޓެއް
ޓިކްޓޮކް ބޭނުމެއް ނުކުރަން: އެޑިޔުކޭޝަން
 
''އެޑިއުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސް''ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއް
 
ޒުވާން ޖީލަށް މައުލޫމާތު ވަރަށް ފަސޭހައިން ޓިކްޓޮކް މެދުވެރިކޮށް ފޯރުކޮށްދެވޭ
 
އެޑިޔުކޭޝަންގެ މިނިސްޓްރީގެ އެއްވެސް އެކައުންޓެއް މިހާތަނަށް ޓިކްޓޮކްގައި ލޯންޗް ކޮށްފައިނުވާނެ

ޓިކްޓޮކްގައި ''އެޑިއުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސް''ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އެކައުންޓެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކް އެކައުންޓެއް ރައްޔިތުންގެ މަޖިލީހުން ލޯންޗްކޮށްފައިވެއެވެ. މަޖިލީހުގެ ބައެއް މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯތައް އާއްމުކޮށްފައިވާއިރު، ޒުވާން ޖީލަށް މައުލޫމާތު ވަރަށް ފަސޭހައިން ޓިކްޓޮކް މެދުވެރިކޮށް ފޯރުކޮށްދެވޭ ކަމަށް މީގެ ކުރިން މަޖިލީހުން ވެސް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއެއް އަދި މިނިސްޓްރީއަކުން ޓިކްޓިކް ބޭނުން ކުރާކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެޑިޔުކޭޝަންގެ މިނިސްޓްރީގެ އެއްވެސް އެކައުންޓެއް މިހާތަނަށް ޓިކްޓޮކްގައި ލޯންޗް ކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއެމްވީގެ ނަމުގައި ހިންގަމުންދާ ޓިކްޓޮކް އެކައުންޓް ހިއްސާކޮށް މިނިސްޓްރީން ބުނީ ޓިކްޓޮކްގައި އެނަމުގައި ހަރަކާތްތެރިވާ އެކައުުންޓަކީ އެ މިނިސްޓްރީގެ އެކައުންޓެއް ނޫން ކަމަށެވެ.

''އެޑިއުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސް''ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެކެވެ. އަދި ޕްރޮފައިލްގައި ހިމަނާފައިވަނީ ރާއްޖޭގެ ގައުމީ ނިޝާނެވެ. ނަމަވެސް އެކައުންޓުން އެއްވެސް ވީޑިއޯއެއް ފެންނާކަށް ނެތެވެ. އެ އެކައުންޓުން 1543 މީހަކަށް ފޮލޯ ކޮށްފައިވާއިރު، 99 މީހަކު އެ އެކައުންޓަށް ފޮލޯ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް