ކ. މާލެ
|
2 ޖޫން 2021 | ބުދަ 01:30
ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތް ވަނީ އިތުރުވެފައި
ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތް ވަނީ އިތުރުވެފައި
ރާއްޖެއެމްވީ
ކޮވިޑް-19 ގައި ކުޑަކުއްޖަކު ނިޔާވުން
ކޮވިޑް-19ގައި އުމުރުން 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާ
ކޮންމެ ދުވަހަކު 10 އަހަރުން ދަށުގެ 80 ކުއްޖަކު މި ބައްޔަށް ޕޮޒިޓިވްވޭ
ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ ވެސް އަދި ނުލިބޭ

ކޮވިޑް-19ގައި އުމުރުން 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް އަދި އެޗްޕީއޭއިން އާންމުކޮށްފައެއް ނުވެއެވެ. ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހާއްސައެހީއަށް ބޭނުންވާ އަންހެން ކުއްޖެކެވެ. މި ކުއްޖާގެ މަރާއި އެކު އަންގާރަ ދުވަހު ނިޔާވި މީހުންގެ އަދަދު ވަނީ 7ށް އަރާފައެވެ.

މި ބަލީގައި ކުޑަކުއްޖަކު ނިޔާވެފައި މިވަނީ މާލެ ސަރަހައްދުގައި މި ފަހުން ހަލުވިކަމާއި އެކު ބަލި ފެތުރެން ފެށި އިރު ބަލި ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވަނިކޮށެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ކޮންމެ ދުވަހަކު 10 އަހަރުން ދަށުގެ 80 ކުއްޖަކު މި ބައްޔަށް ޕޮޒިޓިވްވެއެވެ. އެކަމަކު އެ އުމުރުގެ ކުދިން ސީރިއަސް ވުމުގެ ފުރުސަތު ދަށް ކަމަށާއި އެކަމަކު އެއީ ނުވާނެ ކަމެއް ނޫން ކަމަށް އޭރު ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19އާ ދެކޮޅަށް ގިނަ ވެކްސިންތަކެއް އެކި ގައުމުތަކުން ހަދާފައިވާއިރު މި ބަލީގެ ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ ވެސް އަދި އާންމުކޮށް ނުލިބެ އެވެ. ކޮވިޑްގެ އެ ހުއްދަ ހަމައެކަނި ލިބިފައި ވަނީ އެމެރިކާގެ ފައިޒާ ވެކްސިނަށެވެ. އެކަމަކު އެއީ 15 އަހަރު މަތީގެ ކުދިންނަށެވެ. ރާއްޖޭގައި އެ ވެކްސިން ޖަހައިދެނީ ދާއިމީ ބައްޔެއް ހުންނަ ނުވަތަ ވަކި ހާއްސަ ގިންތިއަކަށް ފެތޭ އުމުރުން 16 އަހަރުން މަތީގެ ކުދިންނަށެވެ.


Advertisement
- ކޮމެންޓް