ކ. މާލެ
|
2 ޖޫން 2021 | ބުދަ 05:09
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން ޖެހި މީހުން
ހޯމަ ދުވަހު 1267 މީހުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފި
 
މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 310،159ށް އަރާފައި
 
ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 361 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުން
 
ފުރަތަމަ ޑޯޒު ޖެހި 344 މީހުންގެ ތެރެއިން 98 މީހުން ވެކްސިން ޖެހީ މާލެއިން

ހޯމަ ދުވަހު މުޅި ރާއްޖެއިން 1267 މީހުން ކޮވިޑް-19އާ ދެކޮޅަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު މުޅި ރާއްޖެއިން ވެކްސިން ޖެހީ ޖުމްލަ 1،611 މީހުންނެވެ. އެއީ ފުރަތަމަ ޑޯޒު ޖެހި 344 މީހުންނާއި ދެވަނަ ޑޯޒު ޖެހި 1،267 މީހުންނެވެ. ފުރަތަމަ ޑޯޒު ޖެހި 344 މީހުންގެ ތެރެއިން 98 މީހުން ވެކްސިން ޖެހީ މާލެއިންނެވެ. އަދި 246 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ. އަދި ދެވަނަ ޑޯޒު ޖެހި މީހުންގެ ތެރެއިން 361 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި 906 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅުތެރެއިންނެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 310،159ށް އަރާފައިވާއިރު އޭގެތެރެއިން 167،757 މީހުން ވަނީ ދެވަނަ ޑޯޒު ޖަހާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ވެސް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ، ސިނޮފާމް، އަދި ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު އެންމެނަށް ނުޖެހެނީސް އެ ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ދެން ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ބަދަލުގައި އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެ ވެކްސިން ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެކަމަކު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ވެސް ވެކްސިން ނުލިބޭނެ ކަމަށް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވެއެވެ.

މިދިޔަ ފެބްރުއަރީ 1ވަނަ ދުވަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވާއިރު، އޭގެ ދެވަނަ ޑޯޒް ޖެހޭނީ ވެކްސިން ޖަހާތާ 8 ހަފްތާއާއި 16 ހަފްތާއާ ދެމެދުގެ މުއްދަތެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް