ކ. މާލެ
|
1 ޖޫން 2021 | އަންގާރަ 23:03
މާލޭގައި އެންބިއުލާންސެއް ދަތުރު ކުރަމުން ދަނީ
މާލޭގައި އެންބިއުލާންސެއް ދަތުރު ކުރަމުން ދަނީ
ރާއްޖެއެމްވީ
ކޮވިޑް-19، އަދުގެ ހާލަތު
ކޮވިޑް ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށަށް
އަންގާރަ ދުވަހު، ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 834
އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވަނީ 357 މީހުން
މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 373 މީހުން

އަންގާރަ ދުވަހު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވަނީ 768 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ހޯމަ ދުވަހުގެ އިރު އޮއްސި 6:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރު އޮއްސި 6:00އާ ދެމެދު ނެގި 5،685 ސާމްޕަލްގެ ތެރެއިން، ޕޮޒިޓިވްވެފައި ވަނީ 768 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވީ 373 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވީ 357 މީހުންގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވީ 15 މީހުންނެވެ. އަދި ލައިވްއެބޯޑް ތަކުން ވެސް 8 ކޭސްއެއް ރިޕޯޓުކޮށްފައި ވެއެވެ.

މިއާއެކު ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 24،035އަށް އަރާފައެވެ.

ހޯމަ ދުވަހު އެކްޓިވް ކޭސްތައް ހުރީ 24،109ގައެވެ. ކޭސްތަކުގެ އަދަދުތައް އިތުރުވާ ވަރަކަށް ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑް-19ށް ރާއްޖެއިން މިހާތަނަށް 65،165 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާރު 40،951 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަންގާރަ ދުވަހު އެކަނި ވެސް 834 މީހަކު ރަނގަޅުވެފައިވެއެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅަކާއި އެކު ކޭސްތަކުގެ އަދަދުތައް މިވަރަށް އިތުރުވެފައި މިވަނީ މިދިޔަ މަހުއެވެ. އެގޮތުން މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުހެން، ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ 1000 އަށްވުރެ މަތިން ރިޕޯޓުކުރަމުންނެވެ. އޭގެ ފަހުން ކޭސްތައް މަދުވާން ފަށާފައި ވަނީ މެއި މަހުގެ ފަހުކޮޅުގަ އެވެ.

އެގޮތުން މެއި މަހުގެ 28 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވަނީ 901 މީހުންނެވެ. އަދި މެއި މަހުގެ 30 ވަނަ ދުވަހު 780 މީހުން، އަދި މެއި މަހުގެ 31 ވަނަ ދުވަހު 710 މީހުން ރިޕޯޓުކޮށްފައި ވެއެވެ. މެއި މަހުގެ ތަފާސް ހިސާބަށް ބަލާއިރު މެއި މަސް ތެރޭގައި 34،159 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއެކު، މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަވީރު 4އިން ހެނދުނު 8އަށް، އަދި އެނޫން ގަޑިތަކުގައި ބޭރަށް ނިކުންނަނަމަ ހުއްދަ ނަގައިގެން ބޭރަށް ނިކުތުމަށް ނިންމައި، ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.


Advertisement
- ކޮމެންޓް