ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 15:43
ރޮނާލްޑީނިއޯ (ކ) އަދި ބައްސާމް (ވ)
ރޮނާލްޑީނިއޯ (ކ) އަދި ބައްސާމް (ވ)
ފޭސްބުކް
ރޮނާލްޑީނިއޯ އާއި ބައްސާމް
ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ރޮނާލްޑީނިއޯ އާއި ބައްސާމް މަޝްވަރާކުރައްވައިފި
ބައްސާމް ވަނީ ރޮނާލްޑީނިއޯއާ އިދިކޮޅަށް މެޗެއް ކުޅެފައި
ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ރޮނާލްޑީނިއޯއާ މަޝްވަރާކުރި
ރޮނާލްޑީނިއޯއާ ބައްސާމް ބައްދަލުކުރީ ބަހްރޭންގައި

ދިވެހި ރާއްޖޭގެ ފުޓުބޯޅައާ ބެހޭ ގޮތުން ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް އޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު މަޝްވަރާކުރައްވައިފި އެވެ.

ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ ރޮނާލްޑީނިއޯއާ އެކު މަޝްވަރާތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ރާއްޖެއިން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް އޭނާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ރޮނާލްޑީނިއޯގެ އެހީތެރިކަން ހޯދޭނެ ގޮތްތައް ބަލާ، އޭނާގެ ހިޔާލުތައް ވެސް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އައުމަށް ރޮނާލްޑީނިއޯއަށް ހުށަހެޅުމުން އޭނާގެ ޝައުގުވެރިކަން ހުރި ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ އަދި ފީފާގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު  ބައްސާމް ވަނީ މިދިޔަ ހުކުރު ދުވަހު އެނބުރި ރާއްޖެ ވަޑައިގެން ފައެވެ.

އޭއެފްސީ ކޮންގްރެސްގެ ކުރިން ފީފާ އާއި އޭއެފްސީގެ ޓީމެއް ވަނީ މެޗެއް ކުޅެފައެވެ. ބައްސާމް ވަނީ އޭއެފްސީ ޓީމުގައި ހިމެނި ރޮނާލްޑީނިއޯއާ ދެކޮޅަށް އެ މެޗުގައި ކުޅުއްވާފައެވެ.

ރޮނާލްޑީނިއޯއާ ދެކޮޅަށް ކުޅެން ލިބުމުން އުފަލުން ހުންނެވި ބައްސާމް ވިދާޅުވީ، މިއީ އޭނާއަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
12 މެއި 2017 | ހުކުރު 20:53
ޑީނިޢޯ
ބައްސާމް ވަރެއް ނެތޭ