ކ. މާލެ
|
1 ޖޫން 2021 | އަންގާރަ 21:55
ކޮވިޑް-19ގައި ނިޔާވި ބަޔަކު ވަޅުލުމަށް ތައްޔާރުވަނީ
ކޮވިޑް-19ގައި ނިޔާވި ބަޔަކު ވަޅުލުމަށް ތައްޔާރުވަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް ގައި އިތުރު ދެ މަރު، ޖުމްލަ 169ށް
ނިޔާވެފައި ވަނީ އުމުރުން 42 އަހަރުގެ އަންހެނަކާއި، 83 އަަހަރުގެ ފިރިހެނެއް

ކޮވިޑް-19ގައި އަންގާރަ ދުވަހު އިތުރު ދެމީހަކު ނިޔާވެ، ނިޔާވި މީހުންގެ ޖުމްލަ އަދަދު 169ށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިޔާވެފައި ވަނީ އުމުރުން 42 އަހަރުގެ އަންހެނަކާއި، 83 އަަހަރުގެ ފިރިހެނެކެވެ. މި 2 މީހުންނާ އެކު އަންގާރަ ދުވަހު ނިޔާވި މީހުންގެ އަދަދު މިވަނީ 6އަށް އަރާފައެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 169އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މިބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ވެސް މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައެވެ.

ފާއިތުވެދިޔަ މެއި މަހަކީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެންފެށި ފަހުން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. އަދި އެންމެ ގިނަ ކޮވިޑް-19 ކޭސްތައް ވެސް ރިޕޯޓުކުރި މަސްވެސް މެއެވެ. އެގޮތުން މެއި މަހުގެ ތަފާސް ހިސާބަށް ބަލާއިރު އެމަހުގެ ތެރޭގައި 34،159 މީހަކު ވަނީ މިބައްއަށް ޕޮޒިޓިވްވެފައެވެ.

މެއި މަސް ނިމުނުއިރު ރާއްޖޭގައި މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 64،396 މީހުންނެވެ. މެއި މަސް ފެށުނުއިރު އެ އަދަދު ހުރީ 30،237 ގައެވެ.

މީގެ އިތުރަށް މެއި މަސް ފެށުނުއިރު ރާއްޖޭގައި މިބަލީގައި ނިޔާވެފައިވަނީ 73 މީހުންނެވެ. މަސް ނިމުނުއިރު އެއަދަދު ހުރީ 161 ގައެވެ. މުޅި ޖުމްލަ 88 މީހުން މެއި މަސްތެރޭގައި ވަނީ ނިޔާވެފައެވެ.


Advertisement
- ކޮމެންޓް