Advertisement
ކ. މާލެ
|
1 ޖޫން 2021 | އަންގާރަ 10:41
ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
ރާއްޖެއެމްވީ
ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރުން
ރަހީނުކޮށްގެން ގެންދިޔަ ކާރާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ ދިވެހި 2 ފިރިހެނުން
ރަހީނުކޮށް އަނިޔާކުރީ މޫނު ނިވާކޮށްގެން ތިބެ
އޭޑީކޭގައި ޒުވާނާއަށް ފަރުވާދެމުން އަންނައިރު ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައި

 ކުޅުދުއްފުށި ސިޓީއިން ޒުވާނަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށާއި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ ދިވެހި 2 ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ޒުވާނާ ރަހީނުކޮށްގެން ގެންދިޔަކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމެގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ, ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައި ވާކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މެއި 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

ރާއްޖެ އެމްވީއާ ވާހަކަދެއްކި ކުޅުދުއްފުށި ރައްޔިތަކު ބުނީ ޒުވާނާއަށް އަނިޔާކުރީ ވައްކަން ކުރާތީކަމަށް ބުނެއެވެ. އޭނާ އެތައް ތަނަކުން ވައްކަން ކުރާ ވީޑިއޯއެއް ކަމަށް ބުނާ ވީޑިއޯއެއް މިފަހަކުން އާންމު ވިކަމަށެވެ. ހަމަލާ ދިނީ އޭނާ ވައްކަން ކުރާތީ އެކަމާ ރުޅިގަދަވެގެން ކަމަށް ވެސް މި މީހާ ކިޔައިދިނެވެ.

ޒުވާނާއަށް ލިބުނު އަނިޔާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އޭނާގެ ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އަންނީ އޭޑީކޭގައި ފަރުވާދެމުންނެވެ. މި ޒުވާނާގެ ބޮލުގެ ނާށިގަނޑުގެ ދެ ފަރާތުން ފަޅައިގެން ގޮސް ސިކުނޑިއަށް ގިނަ އަދަދަކަށް ލޭ އެޅިފައިވާތީ، ބޮލުގެ އޮޕަރޭޝަނެއް މިހާރު ކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް