Advertisement
ކ. މާލެ
|
31 މެއި 2021 | ހޯމަ 08:18
އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވުން
އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވުން
އެމްއެންޑީއެފް
އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވުން
އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 01:01 ހާއިރު

ސްޓެލްކޯގެ އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވި އަލިފާން މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކަނބާއައިސާރަނި ހިނގުމުގައި ހުރި އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 01:01 ހާއިރު ކަމަށެވެ. އަދި ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ.

އިލެކްޓްރިކް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެފައިވާއިރު ބުރާސްފަތި ދުވަހު ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން މއ. މޯނިންގ ވިއު ތިން ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

Advertisement

އެގޮތުން ހާދިސާއާ ގުޅިގެން 5 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާއިރު އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވި، އެއް ގޯއްޗެއްގައި ދެ އިމާރާތް ހުރި މިގޭގެ ހުޅަނގު ފަރާތުގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، އިރުމަތީ އިމާރާތުގައި ދިރިއުޅޭ މީހުން މިހާރު އެތަނަށް ބަދަލުވެފައިވާ ކަމަށެވެ. މި އިމާރާތައް ވެސް ލިބިފައި ހުރި ގެއްލުން ދެނެގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ހާދިސާގައި 3 މީހަކަށް ފިހިގެން ހޮސްޕިޓަލުގައި ފަރުވާ ދެވުނު ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް