ކ. މާލެ
|
30 މެއި 2021 | އާދީއްތަ 20:55
އެމްޕީއެލް ބަނދަރު ސަރަހައްދު
އެމްޕީއެލް ބަނދަރު ސަރަހައްދު
އެމްޕީއެލް
އިންޑިއާ-ރާއްޖެ ކާގޯ ފެރީ
އިންޑިއާ-ރާއްޖެ ކާގޯ ފެރީގެ ޚިދުމަތް މިހާރުވެސް ދަނީ ކުރިއަށް: އެމްޕީއެލް
 
ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބޭ
 
ފާއިތުވި 3 މަހު ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވޭ
 
ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ރާއްޖެ އާދޭ

އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ޚިދުމަތްތައް މިހާރު ވެސް ބަރާބަރަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

ކާގޯ ފެރީގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ފެށި މި ޚިދުމަތް ކޮވިޑް-19ގެ އުނދަގޫ ހާލަތުގައިވެސް މެދުކެނޑިފައިނުވާ ކަމަށެވެ.

އެމްޕީއެލްއިން ވަނީ ފެރީ ދަތުރުތަކުގެ ތަފްސީލްތައް އާންމުކޮށްފައެވެ. އެގޮތުން އިންޑިއާ-ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ފެށުނު ކާގޯ ފެރީގެ ޚިދުމަތް މެދުކެނޑުމެއްނެތި މިހާރުވެސް ދަނީ ކުރަމުން ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮންޓެއިނަރުތައް ފެރީން އުފުލާއިރު، ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ރާއްޖެ އަންނަ ކަމަށް ބުނެފައިވެއެވެ.

އެމްޕީއެލް އިން ބުނީ މި ޚިދުމަތުގެ ތެރެއިން ފާއިތުވި 3 މަހުގައިވެސް ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރަމުންދާ ކާގޯ ފެރީގެ ޚިދުމަތް ގިނަ ވިޔަފާރިވެރިން ބޭނުންކޮށް އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަ ކަމަށެވެ. އަދި މި ޚިދުމަތް މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އިންިޑއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީ ދަތުރު ކުރަނީ ކޮޗިން އިން ކުޅުދުއްފުށީ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި ވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް ވަނީ މަގު ފަހިވެގެން ގޮސްފައެވެ. މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީގެ ފެރީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް