Advertisement
ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 13:00
ކުޅުދުއްފުށި އެއަރޕޯޓު
ކުޅުދުއްފުށި އެއަރޕޯޓު
އޯލްފްލައިޓް.ކޮމް
ކޮވިޑް-19ން ރައްކާތެރިވުން
ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ހޯމް ކަރަންޓީންގައި ތިބޭ މީހުން ޕޮޒިޓިވްވެފައިވޭ
ކުޅުދުއްފުށީގައި 12 އެކްޓިވް ކޭސް ހިމެނޭ

ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވް ކޭސްތަކެއް ވަނީ ފެނިފައި ކަމަށެވެ. އެހެންކަމުން އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާ ކަމަށެވެ.

Advertisement

ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީން ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެންމެފަހުގެ މައުލޫމާތަށް ބަލާއިރު، އެސިޓީގައި 12 އެކްޓިވް ކޭސް ހިމެނެއެވެ. އާއްމު ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް