ކ. މާލެ
|
28 މެއި 2021 | ހުކުރު 22:58
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށަށް
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 901 މީހުން
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 61،844ށް އަރާފައި

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 4،821 މީހުން ކޮވިޑަށް ޓެސްޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 901 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 468 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 417 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނާއި، ހަދަމުން އަންނަ ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހުން އަދި ސިނާއީ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.

އިތުރު 901 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 61،844ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 24،818ށް އަރާފައިވާއިރު 252 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މި ބަލިން 36،862 މީހުން ފަސޭހަވެފައިވާއިރު، 155 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ފަހުން ރާއްޖެއިން ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ރާއްޖެއިން ކޮންމެ ދުވަހަކު ރިޕޯޓުކުރާ އަދަދު 1000ން މަތީގައި ހުންނަތާ ވަނީ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައެވެ. ކޭހުގެ އަދަދު އިތުރުވުމުގެ އިތުރަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި މަހުގެ މިހާތަނަށް އެކަނި ވެސް 70އެއްހާ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މަރު ރިޕޯޓުނުކުރާ ދުވަހެެއް ނާދެއެވެ.

މިހާރު ކަނޑައަޅާފައިވާ ކާފިއުގެ ހާލަތުގައި، ބޭރުގައި އުޅެވޭނީ ހަމައެކަނި ހެނދުނު 8ން ހަވީރު 4ށެވެ. އެ ގަޑިތަކުގައި ވެސް ބޭރަށް ދެވެނީ ފުލުހުން ދޫކުރާ ވަކި ފާހަކާ އެކުގައެވެ.

- ކޮމެންޓް
29 މެއި 2021 | ހޮނިހިރު 04:36
ޙާސިމް
ޢަހަރެން މަންމަ ވެސް ލޮކްޑައުންވީމާ ޓެސްޓުކުރަން ނުދޭ. މިގޮތަށް ކިތައް މީހުން ތިބޭނެ