ކ. މާލެ
|
28 މެއި 2021 | ހުކުރު 22:41
މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާގެ މެމްބަރެއް
މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާގެ މެމްބަރެއް
ރާއްޖެއެމްވީ
މޯނިންވިއުގެ އަލިފާނުގެ ހާދިސާ
މޯނިންވިއުގެ އަލިފާނުގެ ހާދިސާ ''ތިންވަނަ ފަންގިފިލާގައި އެންމެ 20 ދުވަހުގެ ތުއްތު ކުއްޖެއް''
 
އާއްމުންގެ އެހީތެރިކަން ބޭނުންވޭ
 
ލައިގެން ހުރި އަންނައުނު ފިޔަވާ އެހެން ހުރިހާ މުދަލެއް ގެއްލުނު
 
4 ވަނަ ފަންގިފިލާގައި ރޯވެފައިހުރި އަލިފާންގަނޑު ބޮޑުވެ ބޮޑު ބައެއް ތިން ވަނަ ފަންގިފިލާއަށް ވެއްޓުނު

މިމަހުގެ 27 ވީ ބުރާސްފަތި ދުވަހު އަލިވިލިގެން އައީ ހިތާމަވެރި ބިރުވެރި ހާދިސާއަކުންނެވެ. ނިދިފައި ތިބި މީހުންނަށް ހޭލެވުނީ ނޭވާލާން އުދަނގޫވެގެންނެވެ. ވަށައިގެން ދުމުން ފުރިފައެވެ. މަގުމަތިން މީހުންގެ ހަޅޭކުގެ އަޑު އިވެއެވެ. ރޯވެއްޖޭ، ރޯއްވެޖޭ ގޮވާ އަޑުއިވެއެވެ. މިއީ މއ.މޯނިން ވިއުގެ ތިން ވަނަ ފަންގިފިލާގައި ދިރިއުޅުނު އާއިލާގެ މެމްބަރެއް ކިޔައިދިން ވާހަކަތަކެވެ.

އަލިފާނުގެ ހާދިސާ ހިނގައި ދިޔަ ގޮތް ރާއްޖެއެމްވީއަށް ނަން ނުޖެހުމަށް ޝަރުތުކޮށް އެމީހާ ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އެމީހާ ކިޔައިދިން ގޮތުގައި ބާރުގަދަ އަޑެއް އިވުމާއެކު ނިދިން ހޭލެވުނީ ފަތިހު 4:20 ހާއިރުއެވެ. ހޭލެވުމާއެކު އަވަސްވެ ގަތީ ގޭގައި ތިބި އެންމެން ގޮވައިގެން ތިރިއަށް ދެވޭތޯއެވެ. އޭރު އަލިފާންގަނޑުގެ ހުޅުގަނޑު ބޮޑުވެ ކުރިމަތީ ހުރި އިމާރާތުގެ ފާރުން ފެންނަ ކަމަށް އެމީހާ ބުންޏެވެ.

މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ، ލިބުނު ގެއްލުން އަންދާޒާ ވެސް ނުކުރެވޭ- ރާއްޖެއެމްވީ

އާއިލާގެ މެމްބަރުންނާއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމީހުން ތިރިއަށް ފޭބިއެވެ. 6 މެމްބަރުންގެ އާއިލާގައި އެންމެ 20 ދުވަސްވީ ތުއްތު ކުއްޖަކު އޮތެވެ. ވީ އެންމެ އަވަހަށް ތިރިއަށް ފޭބީއެވެ. ލައިގެން ހުރި އަންނައުނު ފިޔަވާ އެހެން ހުރިހާ މުދަލެއް އެޕާޓްމެންޓަށް ދޫކޮށްލާފައެވެ. މާގިނަ އިރުތަކެއް ނުވެ 4 ވަނަ ފަންގިފިލާގައި ރޯވެފައިހުރި އަލިފާންގަނޑު ބޮޑުވެ، އެފަންގިފިލާގެ ބޮޑު ބައެއް ތިން ވަނަ ފަންގިފިލާއަށް ވެއްޓުނެއެވެ.

މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވޭ - ރާއްޖެއެމްވީ
ނަސީބު ހުރީމަ ކަންނޭނގެ އެހާ އަވަހަށް ހޭލެވުނީ. ނޭނގެ ގަނެފައި ހުރި ބިރެއްގެ ސަބަބުން އަވަހަށް ތިރިއަށް ފޭބީ. އަހަރެންގެ ދަރިފުޅުގެ ވިހޭގެއަށް އައިސް އަހަރެން މިއުޅެނީ. ވިހައިގެން މާ ގިނަ ދުވަހެއް ނުވޭ. އެކުއްޖާއަށް ވެސް މިވީ އެންމެ 20 ދުވަސް. ބޭބީއަށް ގަނެފައި ހުރި ހުރިހާ އެއްޗެއް އެދިޔައީ.
ތުއްތު ކުއްޖާގެ މާމަ ކިޔައިދިނެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ އެއާއިލާ މެމްބަރުންގެ ހުރިހާ މުދަލެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދާހުލިވީއެވެ. ތުއްތު ދަރިފުޅަށް ގަނެފައި ހުރި ހުރިހާ ސާމާނަކާއެކުއެވެ. ނަސްފާނީ ގޮތުން ވެސް އެއާއިލާގެ މެމްބަރުންނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ އެމިހާ ކިޔާދިން ގޮތުގައި އާއްމު ހާލަތަށް އައުމަށް ދުވަސްކޮޅެއް ނަގާނެއެވެ. ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް އަނދާ ހުލިވުމާއި ގުޅިގެން އާއްމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރިއެވެ. އަދި މިދުވަސްވަރަކީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރަކަށްވާތީ ބައެއް އެއްޗެހި ގަތުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ހުރިހާ އަންނައުނެއް ވެސް ދިޔައީ. ލާނެ ހެދުން ވެސް ގަންނަން ޖެހޭނީ. ވިސްނާލާ ކުޑަ ދަރިފުޅެއް ގެންގުޅޭއިރު އުދަނގޫވާނެ ވަރު. އައިލާ އެންމެންގެ ހުރިހާ އެއްޗެއް ދިޔައީ ހަމަ. ލެޕްޓޮޕްތަކާއި ކިޔަވާ ފޮތްތަކާއި އެއްޗެހިތައް. ފުރާނަ ސަލާމަތްވީތީ ޝުކުރުވެރިވަން. އަޅުގަނޑުމެން ބޭނުންވަނީ އަލިފާން ރޯވީ ކިހިނެތްތޯ ބަލަން. މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެބަ ޖެހޭ ދޯ މިހާރު އަޅަން.
މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ، ތުއްތު ކުއްޖާ ލެވުމަށް އޮތީ އެންމެ ދެ ހެދުންކޮޅު - ރާއްޖެއެމްވީ

އަލިފާނުގެ ހާދިސާއާ ގުޅިގެން އެއިމާރާތުގައި ދިރިއުޅުނު އާއިލާތަކަށް ވަނީ ވަރަށް ބޮޑު ސިހުމެއް ލިބިފައެވެ. މިއަދު އެމީހުން ބޭނުންވަނީ އާއްމު ރައްޔިތުންގެ އެހީތެރިކަމާއި ލޯތްބާއި ކުލުނެއެވެ. މިފަދަ ހިތާމަވެރި ނުރައްކާތެރި ހާދިސާތަކުން ދުރުވުމަށް ރައްކާތެރިވެ ތިބިއްޔާ ދަތުރޭ ބުނާ ބީދައިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ.

މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާދިޔަ ގޮތް ރާއްޖެއެމްވީއަށް ކިޔައިދެނީ،

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވެފައިވަނީ ވަގުތީ ހިޔާއަށް ގެންދެވުނީ މޯނިންގ ވިއުގެ ހުޅަނގު ފަރާތުގެ އިމާރާތުގައި ދިރިއުޅޭ 5 އާއިލާއެއްގެ 32 މީހުން ކަމަށެވެ. އޭގެ ތެރެއިން 3 މީހުންނަކީ ކޮވިޑަށް ޕްޒިޓިވްވެފައިވާ މީހުން ކަމުން އެ 3 މީހުން މިހާރު ފެސިލިޓީއަށް ބަދަލު ކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. މި 5 އާއިލާގެ 32 މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި މާލޭގެ 7 ގެސްޓް ހައުސްއަކުން ކޮޓަރި ހަމަޖައްސައި، ހައިޖިން ޕެކްތައް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މއ.މޯނިންވިއުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ، މިއިމާރާތަށް ވަދެވެނީ ހަނި ގޯޅިއަކުން- ރާއްޖެއެމްވީ

މިވަގުތަށް ބޭނުންވާ ޒަރޫރީ ސާމާނާއި ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކެއުމަށް ބޮލަކަށް 200 ރުފިޔާ އަދި ޒަރޫރީ ސާމާނާއި އަންނައުނު ހޯދުމަށް ބޮލަކަށް 1000 ރުފިޔާގެ މަގުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާނެކަން އުމަރު ފާހަގަކުރެއްވިއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އާދީއްތަ ދުވަހު، ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެ ގޭގެ އެސެސްމެންޓް ހަދަން ފަށާނެއެވެ. އެއީ، ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމާއި، އިމާރާތަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ހަދާ އެސެސްމެންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
7%
0%
79%
11%
0%
4%
ކޮމެންޓް