ކ. މާލެ
|
12 މެއި 2017 | ހުކުރު 04:45
ޖަސްޓިން ބީބާ
ޖަސްޓިން ބީބާ
ޓްވިޓަރ
ޖަސްޓިން ބީބާ
ޖަސްޓިން ބީބާ ރާއްޖޭގައި؟
ޖަސްޓިން ބީބާ ރާއްޖެ އައިސްފައިވަނީ ބުދަދުވަހުގެ ރޭ ދަންވަރު

ޖަސްޓިން ބީބާ ރާއްޖެ އަތުވެއްޖެއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަސްޓިން ބީބާގެ ޕްރައިވެޓު ޖެޓު ބުދަދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ދަންވަރު 1:00 ގައެވެ. އަދި އެއަށްފަހު މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި އޭނާ ދަތުރުކުރީ ބ. ދަރަވަންދޫ އެއާޕޯޓަށް ކަމަށެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ ބ. އަތޮޅުގެ ރިސޯޓެއްގައި ކަމަށްވެއެވެ.

 

އަންގާރަދުވަހުގެ ރޭ މުމްބާއީގައި އޭނާގެ ޓުއާގެ ކޮންސެޓް ބޭއްވުމަށްފަހު އިންޑިއާ ދޫކޮށް ގޮސްފައިވާކަމަށް ބުނެ އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ވެސް ވަނީ ބުނެފައެވެ. އެ ނޫހުން ވަނީ ބީބާ ފުރުމަށް ކާރަކަށް އަރާ މަންޒަރުފެންނަ އެކްސްކްލޫސިވް ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.

 

އެނޫހުން ބުނެފައިވަނީ މިމަހުގެ 10 އިން  14 ވަނަ ދުވަހާއި ހަމައަށް  ކުރިން ޖަސްޓިން ބީބާ އިންޑިއާގައި ހުންނަ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް އިންޑިއާ ދޫކޮށްދިއުމުން އޭނާގެ ކޮންސެޓް އޯގަނައިޒްކުރުމުގައި އުޅުނު ފަރާތަކުން އިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާކަމަށް އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ. 

 

އޭނާ އިންޑިއާގައި ހުންނަ 5 ދުވަހުގައި އިންޑިއާގެ ސަގާފީ ތަންތަނަށް ދިއުމާއި އާގަރާގައި ހުންނަ ތާޖްމަހަލް އަށް ޒިޔާރަތްކޮށް ފޮޓޯ ނެގުމަށް ހަމަޖެހުނު ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. އަދި "ކޮފީ ވިތު ކަރަންގެ" ސީޒަން 6 ފަށަން ހަމަޖެހިފައިވަނީ ޖަސްޓިންނާ އެކުގައިކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭނާގެ ދަތުރު ކުރުކޮށްލީ އިންޑިއާގައި ކޮންމެ އަހަރަކުވެސް މިދުވަސްކޮޅުގައި މާގަދައަށް ހޫނުވުމުގެ ސަބަބުންކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ.

 

ޖަސްޓިން ބީބާގެ  ކޮންސެޓާ މެދު އޭނާގެ ފޭނުން ހީކޮށްގެން ތިބީ އޭނާ އަސްލު ލަވަކިޔާނެކަމަށެވެ. އެހެން ނަމަވެސް  އޭނާ ޝޯގައި ލަވަ ކިޔުމުގެ ބަދަލުގައި އޭނާ ކުރީ"ލިޕް ސިންކް" އެވެ. ޖަސްޓިން ބީބާގެ އިންޑިއާ ދަތުރުގައި އޭނާ ވަނީ މުމްބާއީގެ ނިކަމެތި އާއިލާތަކެއްގެ ގިނަ އަދަދެއްގެ ކުޑަކުދިންނާ އެކު ވަގުތު ހޭދަކޮށްފައެވެ.

 

މީގެ އިތުރުން ބީބާގެ އިންޑިއާ ޓުއާގައި ދޭ ޝޯގައި 45،000 އޯޑިއެންސް ބައިވެރިވެފައިވެއެވެ.

 

- ކޮމެންޓް