ކ. މާލެ
|
12 މެއި 2017 | ހުކުރު 04:38
ބާހްބަލީ
ބާހްބަލީ
ހޮލީވުޑް ލައިފް
ބާހްބަލީ 2
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
އޭނާއަށް ޗުއްޓީ ދިނީ ބާހުބަލީ 2 ބެލުމަށް

އެޕްރީލް މަހުގައި އިންޑިއާގެ ސިނަމާތަކަށް އައި"ބާހުބަލީ 2 " ނުބެލުމުގެ ސަބަބުން އިންޑިޔާގެ ހައިދްރަބާދްގެ މީހެއް ވަޒީފާއިން ވަކި ކޮށްފި އެވެ.

 

ވަޒީފާއިން ވަކިކޮށްފައިވަނީ މަހޭޝް ބާބޫ ކިޔާ މީހެކެވެ.

 

ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ ބޮޑު މީހާ ޗުއްޓީ ދިނީ ސިނަމާއަކަށް ގޮސް "ބަހޫބަލީ2" ބެލުމަށް ނަމަވެސް  އޭނާ އެކަން ނުކުރުމުން ބޮޑު މީހާގެ އަމުރަށް ނުކިޔަމަން ވުމުންކަމަށް އިންޑިޔާގެ މީޑިޔާތަކުގައި ހާމަކޮށްފައި ވެއެވެ.

 

"ބާހްބަލީ 2" އެޅުވި ފުރަތަމަ ދުވަހުގައިވެސް އެފިލްމު ވަނީ 70 ކުރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ. "ބާހްބަލީ 2" ގެ ޓްރެއިލާއަކީ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ. އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަން މީހުންނަށްވުރެ މައްޗަށް އަރާފައެވެ.

 

"ބާހްބަލީ 2" އަޅުވާފައި ވަނީ 9000 ސްކްރީނެއްގައެވެ. އިންޑިއާގެ 6،500 ސިނަމާގައި އަޅުވާފައިވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި ވަނީ އެ ފިލްމު އަޅުވާފައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ، ތަމަޅަ އަދި ހިންދީ ވާޝަން އަޅުވާނެއެވެ. އަދި ކެނެޑާގެ 150 ސްކްރީނެއްގައި އަޅުވާނެއެވެ.

 

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ވަނީ ރިލީޒްކޮށްފައެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅު ފިލްމެކެވެ.

 

- ކޮމެންޓް