Advertisement
ކ. މާލެ
|
28 މެއި 2021 | ހުކުރު 11:36
ހުޅުމާލެ މެޑިކަލް ފެސިލިޓީ،
ހުޅުމާލެ މެޑިކަލް ފެސިލިޓީ،
ރާއްޖެއެމްވީ
ކޮވިޑު ޖެހިގެން މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު ދެމީހަކު ނިޔާވެއްޖެ، އަދަދު 153ށް
ނިޔާވީ 54 އަހަރުގެ ފިރިހެނެއް
ނިޔާވީ 47 އަހަރުގެ ފިރިހެނެއް
ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން

ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 54 އަހަރުގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 152 މީހާއެވެ. އަދި 47 ފިރިހެނެއް ވެސް ނިޔާވެފައިވެއެވެ. މިއީ މިބަލީގައި ނިޔާވި 153 ވަނަ މީހާއެވެ.

ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ 24 ވީ ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ ވައިރަސް ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.

ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އައިސީޔޫގައި ފަރުވާ ދޭން ޖެހޭ ޒުވާނުންގެ ނިސްބަތް ގިނަކަން އެޗްއީއޯސީގެ ޑޮކްޓަރުން ފާހަގަކުރައްވާފައިވެއެވެ. ކުރިއާ ޚިލާފަށް މިހާރު އައިސީޔޫގައި އޮވެ އަލާމާތްތައް ފެންނަތާ 10 ދުވަހުގެ ތެރޭގައި ބަލިމީހާގެ ހާލު ސީރިއަސްވާކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ފަރުވާދޭނެ ސިއްހީ ޚިދުމަތްތެރިން ވެސް މަދުވެ ބެޑް ކެޕޭސިޓީ ވެސް އަންނަނީ ފުލްވަމުންނެވެ. އޭގެ ސަބަބުން ރާއްޖެ މި ބަލީގެ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެކަމަށްޓަކާ ފިޔަވަޅުތަކެއް ވެސް އަޅާފައިވާއިރު، ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް