ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 22:24
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ޔޫސުފް ސޮފްވާން ރަޝީދު
އިންޓާންޝިޕްގެ ފުރުސަތު ނުލިބޭ ޑޮކްޓަރުން
ޑޮކްޓަރުކަން ކިޔެވުމަށްފަހު އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ނުލިބޭ މީހުން ހޯދަނީ
 
މައުލޫމާތު ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ކޮވިޑާ ގުޅިގެން ސިއްހީ ޚިދުމަތްތެރިންގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި
 
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނާއި ނަރުހުން ފެސިލިޓީތަކަށް ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

ޑޮކްޓަރުކަން ކިޔެވުމަށްފަހު އިންޓާންޝިޕްގެ ފުރުސަތު ލިބިފައިނުވާ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިފަދަ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް އިއުލާން ކޮށްފައި މިވަނީ, ރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު އިންތިހާއަށް ގޯސްވެ, ސިއްޙީ ޚިތުމަތްތެރިންގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު، އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ މީހުންގެ މައުލޫމާތު އެ މިނިސްޓްރީއާ ހިއްސާކުރުމަށް އެދިފައިވެއެވެ. އެގޮތުން އެމީހެއްގެ ފުރިހަމަ ނަމާއި އެޑްރެހާއި, މެޑިސިން ފުރިހަމަކުރި ގައުމާއި, ގުޅޭނެ ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ހިއްސާކުރުމަށް އެދިފައިވެއެވެ.

މި މައުލޫމާތު ހެލްތު މިނިސްޓްރީއަށް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް[email protected]އަށެވެ. މެއިލް މެދުވެރިކޮށް މައުލޫމާތު ފޮނުވުމުގެ ސުންގަޑިއަކީ ޖޫންމަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 13:30 އެވެ.

ކިޔަވައިނިމި އިންޓާންޝިޕް ފުރިހަމަ ނުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރާ ބޭނުމެއް ހެލްތު މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް, ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މީހުންގެ ދަތިކަން މިހާރު ވަނީ ވަރަށްބޮޑަށް ކުރިމަތިވެފައެވެ. މި ދަތިކަން ހައްލު ކުރުމުގެ ގޮތުން ޑޮކްޓަރުކަން ކިޔަވަމުންދާ ބައެއް ދަރިވަރުންނާ ނަރުހުންވެސް ފެސިލިޓީތަކަށް ނެރުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް