ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 13:08
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވަނީ ބަންދުކޮށްފައި
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުންދާ ވެލާނާގެ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވަނީ ބަންދުކޮށްފައި
މުހައްމަދު ޝަރުހާން
އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް
ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފި
 
ރެގިއުލަރައިޒޭޝަންގެ ޚިދުމަތާއި ފިޒިކަލް ވާރކް ޕާރމިޓް ކާޑު ދޫކުރުމުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައި
 
ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވީ ނަމަވެސް ޚިދުމަތަށް އެދެވޭނެ
 
އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކް މެދުވެރިކޮށް

ކޮވިޑް-19އާ ގުޅިގެން ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަންނަ މަހުގެ 9ގެ ނިޔަލަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާތީ މިނިސްޓްރީގެ ޚިދުމަތް ދިނުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އޮންލައިން ވިޔަފާރި ޕޯޓަލް މެދުވެރިކޮށް ޚިދުމަތަށް އެދޭނީ business.egov.mv މި ލިންކް މެދުވެރިކޮށް ކަމަށެވެ. އަދި ޗާރޓަރގައިވާ ޚިދުމަތްތައް ފިޔަވައި، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ އެހެނިހެން ޚިދުމަތްތައް ދިނުން 14 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވާތީ، ޚިދުމަތަކަށް އެދުނު ކަމުގައިވިޔަސް އެޚިދުމަތެއް ދިނުމަށް ހަމަޖެހިފައިވަނީ 14 ދުވަހުގެ މުއްދަތަށްފަހު ކަމަށެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ [email protected]ށް އީމެއިލް ކުރުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.

އެމްޕްލޮއިމަންޓް ރަޖިސްޓްރޭޝަން ސެކްޝަނުން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، 9 ޖޫން 2021 ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅައިގެން ދެވޭ ޚިދުމަތްތައް ދިނުމުގައި މިހާރު ކަނޑައަޅައި އަމަލުކުރަމުންގެންދާ ޚިދުމަތް ފޯރުކޮށްދިނުމަށް ނަގާ މުއްދަތު ކުރިއަށްވުރެ އިތުރު ވާނެ ކަމަށެވެ.

މިމުއްދަތުގެ ތެރޭގައި މިނިސްޓްރީއިން ކުރިއަށް ގެންދާ ރެގިއުލަރައިޒޭޝަންގެ ޚިދުމަތާއި ފިޒިކަލް ވާރކް ޕާރމިޓް ކާޑު ދޫކުރުމުގެ ޚިދުމަތްތައް 9 ޖޫންގެ ނިޔަލަށް މެދުކަނޑާލެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް