ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 09:49
އޮސްޓްރޭލިއާގައި އަޅަމުންދާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ދަށް
އޮސްޓްރޭލިއާގައި އަޅަމުންދާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ދަށް
ރޮއިޓަރސް
ވިކްޓޯރިއާ ސްޓޭޓް ފުރަބަންދުކުރުން
އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓް ފުރަބަންދުކުރުން
 
ބަލި ފެތުރުން ކޮންޓްރޯލް ނުވެދާނެ ކަމުގެ ބިރު ބޮޑު
 
ކޮންޓެކްޓުންގެ އަދަދު ދިހަ ހާހުން މަތީގައި
 
ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ

އޮސްޓްރޭލިއާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ވިކްޓޯރިއާ ސްޓޭޓް ފުރަބަންދު ކުރަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތައް އެ ސްޓޭޓް ފުރަބަންދުކުރަން ނިންމީ، ކޮވިޑް ބަލި ފެތުރުން އިތުރުވަމުން ދާތީއެވެ. 7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިއާ ސްޓޭޓްގައި ޖޫން 3ގެ ނިޔަލަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުކުތުންވަނީ މަނާކޮށްފައެވެ.

އެ ސްޓޭޓްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާރސްގައި ބުނެފައިވަނީ، ޕްރައިމަރީ އަދި ސެކަންޑްރީ ކޮންޓެކްޓުންގެ އަދަދު ދިހަ ހާހުން މައްޗަށް އަރާ ކަމަށެވެ. ވިކްޓޯރިއާ ސްޓޭޓްގެ ހެލްތް އޮފިސަރ ބްރެޓް ސަޓަން ބުނީ ކަމުގެ މާހިރުން ލަފާކުރާ ގޮތުގައި އިންޑިއާ ވޭރިއަންޓް ފެނުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ކޭސްތަކުގެ އަދަދު މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށެވެ. އެއީ އޮރިޖިނަލް ވޭރިއަންޓަށްވުރެ މި ވޭރިއަންޓް ފެތުރޭ މިންވަރު އަވަސް ވުމުންނެވެ.

މިއާއެކު އެހެން ސްޓޭޓްތަކުން ވެސް ވަނީ ވިކްޓޯރިއާއިން ދަތުރުކުރާ މީހުންނާމެދު އަމަލު ކުރާނެ ޚާއްސަ ގޮތްތަކެއް ކަނޑައަޅާފައެވެ. އެންމެ އާބާދީ ބޮޑު ސްޓޭޓް ސައުތް ވޭލްސް އިންވަނީ މެލްބަންއަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެނިހެން ދަތުރުތައް ހުއްޓާލުމަށް އަންގާފައެވެ.

ފާއިތުުވި އަހަރުވެސް ވިކްޓޯރިއާއިންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެެވެ. އެންމެ ދިގު މުއްދަތަކަށް ފުރަބަންދުކުރި ސްޓޭޓްތަކުގެ ތެރޭގައި ވިކްޓޯރިއާ ހިމެނެއެވެ. ކޮވިޑްގެ ދެވަނަ ރާޅާއެކު އެ ސްޓޭޓުން 800ށްވުރެ ގިނަ މީހުން މަރުވިއެވެ. ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އޮސްޓްރޭލިއާގައި ކޮވިޑް ކޭސްތައް ރިޕޯޓުކުރާ މިންވަރު ވެސް މަދެވެ. އެ ގައުމުގައި ގާތްގަނޑަކަށް 30،000 މީހުންނަށް ބަލި ޖެހުނުއިރު މި ބަލީގައި މަރުވެފައިވަނީ 910 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް