Advertisement
ކ. މާލެ
|
27 މެއި 2021 | ބުރާސްފަތި 05:49
މާލެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
މާލެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
ރާއްޖެއެމްވީ
އަލިފާން ރޯވުން
މާލެގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތް ކުރަމުން
ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރިއަށްދޭ
ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ގާތްގަނޑަށް 5:00ހާއިރު

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މއ. މޯނިންވިއު ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ފަތިހު ގާތްގަނޑަށް 5:00 ހާއިރުއެވެ.

Advertisement

އެސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް އާއްމުން ބުނީ އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ކަމަށެވެ. އަދި އެއްޗެހިތަކެއް ގޮވާ އަޑު އިވޭ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުން, އެސަރަހައްދުގެ ގެތަކުން މީހުން ދަނީ ހުސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް