ކ. މާލެ
|
25 މެއި 2021 | އަންގާރަ 17:41
މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރ ގާސިމް އިބްރާހިމް، އެމަނިކުފާނުގެ އެހީގައި ކިޔެވި ސިއްހީ ޚިދުމަތްތެރީން ދައްކަން ޖެހޭ ފައިސާ ވަނީ މާފުކޮށްދީފައި
މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރ ގާސިމް އިބްރާހިމް، އެމަނިކުފާނުގެ އެހީގައި ކިޔެވި ސިއްހީ ޚިދުމަތްތެރީން ދައްކަން ޖެހޭ ފައިސާ ވަނީ މާފުކޮށްދީފައި
މަޖިލިސް
ގާސިމްގެ އެހީ ސިއްހީ ޚިދުމަތްތެރިންނަށް
ގާސިމްގެ އެހީގައި ކިޔަވައި ޚިދުމަތް ކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިން ދައްކަންޖެހޭ ފައިސާ މާފުކޮށްދެއްވައިފި
ސިއްހީ ޚިދުމަތްތެރިން ކުރަމުން އަންނަނީ ބުރަ މަސައްކަތެއް
ކޮވިޑުގެ ވަބާއިން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން އެއްބާރުލައިގެން

ގާސިމް އިބްރާހީމްގެ ލޯނު އެހީގައި ކިޔަވައި ޚިދުމަތް ކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރީން ދައްކަން ޖެހޭ ފައިސާ މާފުކޮށްފައިވާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިލާ ފައުންޑޭޝަނުގެ "ސްކޮލަރޝިޕް ސްކީމް"ގެ ދަށުންނާއި އެނޫންވެސް ގޮތްގޮތުން ގާސިމްގެ އެހީގައި ސިއްހީ ދާއިރާއިން ކިޔަވާފައިވާ އެންމެހައި ދަރިވަރުން ވިލާ ފައުންޑޭޝަނަށް ނުވަތަ ގާސިމަށް އެއްވެސް މިންވަރަކަށް ފައިސާއެއް ދައްކަން ހުރިނަމަ އެފައިސާއެއް މާފުކޮށްދެއްވައިފި ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވިޔަސް މި ދަނޑިވަޅަކީ މުޅި ދުނިޔެއާއި ދިވެހި ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ބުރަކޮށް ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރަން ޖެހޭ ވަގުތު ކަމުގައެވެ. ވުމާއެކު މިގޮތަށް ލޯނަށް މާފުދޭން ނިންމަވާފައިވާ ކަމަށެވެ.

ގާސިމްގެ ބަޔާނުގައި އެމަނިކުފާނު ވަނީ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ގާސިމްގެ އެހީގައި އަދި ވިލާ ފައުންޑޭޝަނުގެ ލޯނު ސްކީމްގެ ދަށުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.


Advertisement
- ކޮމެންޓް
26 މެއި 2021 | ބުދަ 01:04
އަލީ
ރެސޯޓް ތަކުގެ ސާރވިސް ޗާޖް އިން އެބައި ނުކަނޑާތި