ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 19:23
އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނުން މުބާރާތުގެ ތައްޓާއެކު އުފާކުރަނީ
އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ޖަރުމަނުން މުބާރާތުގެ ތައްޓާއެކު އުފާކުރަނީ
ގޫގުލް
ވޯލްޑްކަޕް ގަވައިދު
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި
ޖާގަތައް އިތުރުވޭ
ރާއްޖެ ނިސްބަތްވާ އޭޝިއާއަށް އިތުރު ޖާގަތަކެއް

ޖުމުލަ 48 ޓީމަށް ވާދަކުރެވޭ ގޮތަށް "ފީފާ ވޯލްޑް ކަޕް" ގަވައިދު ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ބަދަލުކޮށްފިއެވެ.

 

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގަވައިދު ބަދަލުކޮށް އެ ނިންމުން ތަސްދީގު ކުރީ ބަހުރެއިންގެ މަނާމާގައި ބޭއްވި ފީފާގެ 67 ވަނަ ކޮންގްރެސްގައެވެ.

 

އަންގާރަ ދުވަހު ބަހުރެއިންގައި އޮތް ފީފާގެ 67 ވަނަ ކޮންގްރެސްގައި ތަސްދީގުކުރި އާ ގަވައިދަކީ ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯގެ އިތުރުން ފީފާގެ ހަ ކޮންފެޑެރޭޝަންގެ ރައީސުން ހިމެނޭ ފީފާ ކައުންސިލް ބިއުރޯއިން ފާސްކޮށްފައިވާ ގަވައިދެކެވެ.

 

ޖުމުލަ 48 ޓީމަށް ވާދަކުރެވޭ ގޮތަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އެކުލަވައިލި ވޯލްޑް ކަޕް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ މާޗު މަހުގެ 30 ގައެވެ.

 

ފީފާއިން މިހާރު ތަސްދީގުކޮށްފައިވާ ގަވައިދުގައި ވާގޮތުގެ މަތިން ޔޫރަޕް ފިޔަވައި ބާކީ ފަސް ކޮންފެޑެރޭޝަންއަށް ވެސް އިތުރު ޖާގައެއް ލިބުމުގެ ފުރުސަތު އޮވެއެވެ.

 

އެގޮތުން ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދަށް 8 ޖާގަ ކަށަވަރުވެއެވެ. އަދި އެފްރިކާ ބައްރަށް 9 ޖާގަ ކަށަވަރުވެއެވެ.

 

ބައްރުތަކަށް ޖާގަ ލިބޭ މިންވަރު

  • އޭޝިއާ 8.5 ޖާގަ (ކުރީން 4 ނުވަތަ 5)
  • އެފްރިކާ 9.5 ޖާގަ (ކުރީން 5)
  • އުތުރު، މެދުތެރޭ އެމެރިކާ އަދި ކެރީބިއަން 6.5 ޖާގަ (ކުރީން 3 ނުވަތަ 4)
  • އޯޝޭނިއާ 1.5 (ކުރީން 0 ނުވަތަ 1)
  • ދެކުނު އެމެރިކާ 6.5 ޖާގަ (ކުރީން 5 ނުވަތަ 6)
  • ޔޫރަޕް 16 ޖާގަ (ކުރީން 13 ޖާގަ)

 

މިހާރު ގަވައިދު އެކުލަވާލައިފައިވާ ގޮތުން ޔޫރަޕް ފިޔަވައި ކޮންމެ ކޮންފެޑެރޭޝަނަކުން ވެސް، އެއް ޓީމު، ފައިނަލް ޓީމަކަށް މުބާރާތް ބާއްވާ ގައުމު ހިމެނޭގޮތަށް ޕްލޭއޮފް މުބާރަތަށް ނެގޭނެއެވެ.

 

ވޯލްޑް ކަޕްގެ ޖާގަ އިތުރުކުރުމަކީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފެންޓިނޯގެ ކެމްޕޭނު ވައުދެކެވެ.

- ކޮމެންޓް